ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މައްސަލަ މަޑުޖެހިފައި އޮތަސް އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިދޭން ޑިމޮކްރެޓްސްއިން އެދިއްޖެ

ދަ ޑިމޮކްރެޓްސްގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހުގައި ވަކާލާތު ކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމާ، ހުށައަޅާފައިވާ މައްސަލައިގައި ގޮތް ނުނިމުނު ނަމަވެސް، މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އާންމު ޖަލްސާތައް ބާއްވަން ޖެހޭނެކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދަ ޑިމޮކްރެޓްސްއިން އެދިއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ، ހައްލު ހޯދުމަށް ސްޕްރީމް ކޯޓަށް އެމްޑީޕީއިން ހުށައެޅި މައްސަލައަށް ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ވަނީ ތަދައްހުލުވެފައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނިކޮށް، މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނެކަމަށް އޮންނަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހުގައެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ގަބޫލުކުރާ ގޮތުގައި މި މައްސަލަ ހުށައެޅިކަމަށް ވާނީ، މައްސަލަ މަޖިޅީހަށް ވެއްދި ޕާޓީއިން، މައްސަލަ މަޖިލީހުގެ ތަޅުމަށް ޖަލްސާއެއްގައި ހުށައެޅުމުންނެވެ. އެހެންކަމުން އެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތްކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ވަކީލު އަބްދުﷲ ޝާއިރު ހުށައެޅުއްވި ހުށައެޅުންތަކުގެ ތެރޭގައި، މަޖިލީހަށް ގާނޫނީ ހުސްކަމަށް އައިސްފައިނުވާތީއާއި އަދި މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) ގައި ބަޔާން ކުރާ ހާލަތު ނާންނާތީ މަޖިލީހުގެ އެހެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުން ހިމެނެއެވެ.

އެގޮތުން މަޖިލީހުގެ މެމްބަރުން ކުރާ އިހުތިޖާޖުތަކުގައި މަޖިލިސް ހުއްޓިފައި އޮތުމަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުން ނޫންކަމަށް ޝާއިރު ވިދާޅުވިއެވެ. އަދި ނަޝީދު ވަކިކުރުމުގެ ގަރާރުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ނުދިޔަ ނަމަވެސް، އާންމު ޖަލްސާތައް ނުބާއްވަން ޖެހޭ ހާލަތު ވުޖޫދުގައި އަދި ނެތްކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން ބުނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ ލިޔެފައިވަނީ މަޖިލީހުގެ އިދާރާއިން އެ މާއްދާގެ ނ އަށް އަމަލު ނުކުރާނެކަމަށް ބަލައިގެން ނޫންކަމަކަމަށެވެ. އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ ގަރާރު މަޖިލީހަށް ހުށައެޅުމަށްފަހު ނޫނީ އެހެން މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އޮންނަނީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމުގެ ގޮތުގައި އެ ގަރާރު އެންމެ އަވަހަށް އަންނަ ޖަލްސާއަށް ހުށައެޅުމަށް އޭގެ ކުރީގައި އޮންނަ މާއްދާގައި ހިމެނުމަށްފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: