ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން އާންމު ހުށައެޅުއްވީ ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ 4 ގޮތެއް!

މަޖިލީހުގެ އަމީން އާންމު ސްޕްރީމް ކޯޓުގައި މަޖިލީހުގެ އިދާރާގެ ހުށައެޅުންތައް ހުށައަޅުއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ 4 ގޮތެއް މަޖިލީހުގެ އިދާރާއިން ސްޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

49 މެންބަރުންގެ ސޮޔާއިއެކު އެމްޑީޕީއިން މަޖިލީހަށް ވެއްދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ މަޑުޖެހިފައެވެ. އަދި މިކަމާއި ގުޅިގެން މުޅި މަޖިލީސްވެސް ހުއްޓުމަކަށް އައިސްފައިވާތީ އެމްޑީޕީއިން ވަނީ ހައްލު ހޯދުމަށް ސްޕްރީމަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.

މި މައްސަލައިގެ 2 ވަނަ އަޑުއެހުމުގައި މަޖިލީހުގެ އިދާރާއިން ފާހަގަކުރާ ކަމެއްގެ ގޮތުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާއި ބެހޭ މައްސަލައެއްގެ ރިޔާސަތު ބެލެހެއްޓުމާއި ގުޅޭ ހާއްސަ އިޖުރާޢަތުތަކެއް ކަނޑައަޅާފައިވަނިކޮށް، އެ އިޖުރާޢަތުތަކަށް އަމަލު ނުކުރެވޭ ހާލަތެއްގައި އެ އިޖުރާޢަތާއި ދުރަށް ގޮސް މަޖިލީހުގެ ގަވާއިދުގައި ޖަލްސާތަކާއި އާންމު އިޖުރާޢަތުތަކުގެ ދަށުން ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

އެ ބާރު ލިބިގެންވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހަށްކަމަށް އަމީން އާންމު ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ ގެ ދަށުން މަޖިލީހަށް އެ ވަގުތު ހުށައެޅިފައިވާކަމަކާއިމެދު ބަހުސްކޮށް ގޮތެއް ނުނިންމެނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށައެޅުމަށްފަހުކަމަށްވާތީކަމަށް އަމީން އާންމު ވިދާޅުވިއެވެ.

ނަމަވެސް އެ ހާލަތު އަދި އުފަންވެފައިނުވާތީ، މިހާރު ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން މަޖިލީހަށް ހައްލު ކުރެވިދާނެ މައްސަލައެއްކަމަށް އިދާރާއިން ދެކޭކަމަށްވެސް އަމީން އާންމު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރެވިދާނެ 4 ގޮތެއް އަމީން އާންމު ހުށައެޅިއެވެ.

އެގޮތުން:

  • މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ށ ގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލެ އިސް ނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަން ފެންނަ އިސްލާހެއް ނިންމަވާފަ، މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށައެޅުން.
  • މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި މަޖިލީހުގެ މެންބަރަކު މަޖިލީހަށް ގަރާރެއް ހުށައެޅުއްވުން.
    މިހާލަތުގައި މިއީ ތަންކޮލެއް ލެންތީ ޕްރޮސެސްއަކަށްވާނެތީވެ، އައިޑިއަލް ސޮލިއުޝަނަކަށް ނުވެދާނެ.

    ނިއުޝާ ވިދާޅުވިއެވެ.

  • މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ ށ ގެ ދަށޫން މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހު، އިސްލާހީ މައްސަލައެއްގެ ގޮތުގައި ހުށައެޅުން. މަޖިލީހުގެ ގަވާއިދަށް މެންބަރަކު އިސްލާހު ހުށައަޅުއްވުން.

މިއީ މިހާރުވެސް ހުށައަޅާފައި އޮތް އިސްލާހެއްކަމަށް އަމީން އާންމު ފާހަގަކުރެއްވިއެވެ. އަދި މި ގަރާރު އެޖެންޑާކޮށްދިނުމަށް އިދާރާއި ނައިބު ރައީސްއަށް ދަންނަވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

  • ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ އިޖުރާޢަތާއި އެއްގޮތަށް މަޖިލީހުގެ ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން، މިއީ މަޖިލީހުގެ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާކަމެއް ދިމާވެއްޖެކަމަށް ބަލާ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން.
ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: