ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއައިޕީ މަޝްރޫއު ހިންގާ ކޮންޓުރެކްޓަރުންނަށް އިތުރު ހަ މަސް ދޭން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްހޫރުތައް ހިންގާ ކޮނޓްރެކްޓަރުންނަށް އިތުރު 6 މަސް ދޭން ސަރުކާރުން ނިންމައިފިއެވެ.

މި މަޝްރޫއުތައް ހިންގަން ހަވާލުވެފައިވާ ކޮންޓްރެކްޓަަރުންނާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތުގެ އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ މިކަމާއި މެދު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުގެ މަޝްވަރާއާއި އެކުގައެވެ.

އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމިރު ސޮއި ކުރައްވާ ނެރުނު ސާކިއުލާގައި ވަނީ އެ މަޝްރޫއުތައް ހިންގުމަށް ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އިތުރު މައުލޫމާތު އެސާކިއުލާގައި ބަޔާންކޮށް ބުނެފައިވަނީ މި މުއްދަތު އިތުރުކުރަނީ ކޮވިޑް-19 އާއި ގުޅިގެން ކުންފުނިތަކަށް ކުރި އަސަރަށް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި ސޮއިކުރަނީ ކޮވިޑުގެ ހާލަތު އިއުލާނުކުރި ތާރީހުން ފެށިގެން 30 މޭ 2023 ގެ ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ނުނިމިހުރި މަޝްރޫއުތަކަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮންޓްރެކްޓަރުން އެކަމަށް އެދުމުން ކޮންޓްރެކްޓު ތަކުގެ މުއްދަތު 6 މަސް ދުވަހަށް އިތުރު ކުރާނެ ކަމަށާއި އަދި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓަރުންނަށް މުއްދަތު އިތުރުކުރަން އެދި ހުށަހެޅޭނެކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ. އަމީރު ވިދާޅުވީ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ކޮންޓްރެކްޓަރުންނަށް މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަދާހަމަކުރާނެ ކަމަށެވެ.

މީގެ 2 ހަފްތާ ކުރިން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅީ 8.5 ބިލިއަން ރުފިޔާއެވެ. މި އަދަދާ އަޅާބަލާއިރު 8.2 ޕަސަންޓް އިތުރަށް ވަނީ ހަރަދުކޮށްފައެވެ.

މިނިސްޓްރީން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ 6.5 ބިލިއަންގެތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޕީއެސްއައިޕީއަށް ކުރި ހަރަދު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރީ 6 ބިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: