ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޖީހާނަށް އިންޒާރުދިންކަމަށް ބުނެ ރޮޒައިނާގެ ފާޑުކިޔުން!

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންނަވަރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ޖީހާން މަހުމޫދަށް އިންޒާރުދެއްވުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.

އިންޓަރ ޕާލިމެންޓަރީ ޔުނިއަންގެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއަށް މަސައްކަތްކުރާ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ޖީހާނަށް ލިބިވަޑައިގަތްކަމަށް ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޓީއަށް އައްޔަނުވެފައިވާކަމަށް ޖީހާނަށް މަރުހަބާ ކިޔާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މަޖިލީހުގައި އެންމެ ހަތަރު އަންހެން ބޭފުޅުން މެމްބަރުކަން ކުރައްވަމުންދާއިރު، ޖީހާނަށް އެ މަގާމު ލިބިވަޑައިގަތުމަކީ އެންމެނަށްވެސް ލިބިގެންދިޔަ ޝަރަފެއްކަމަށެވެ.

އެހެންނަމަވެސް އިތުބާރު ނެތް މަޖިލީހުގެ ރައީސް ވަނީ އެ މުނާސަބާގައި ޖީހާނަށް ބިރުދައްކާފައިކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ޮފޮނުއްވި މެސެޖެއްގެ ފޮޓޯއެއް އޭނާ ހިއްސާކުރެއްވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އެމަނިކުފާނުވަނީ އެމްޑީޕީގެ މެމްބަރުންނަށް ލިބިވަޑައިގެންފައިވާ މަގާމުތަކުން އެ ހުރިހާ މެމްބަރުން ވަކި ކުރާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަށް ބޭރު ގައުމުތަކަށް ނޭރެނެ މިންވަރަށް ކަންކަން އިންތިޒާމުކުރައްވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތާނގައި އެމްޑީޕީ އަދި އެ ޕާޓީގެ މެމްބަރުންނަށް ކުރިމަތިވާން ހުރި ކަންކަމާއި އަޅާއިރު، 2023 ވަނަ އަހަރު އެ ޕާޓީގެ އަތުން ވެރިކަން ގެއްލިގެން ދިއުން ކުޑަކަމަކަށް ވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: