ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް އިއްވުމުންވެސް ނަޝީދު އަނެއްކާވެސް އުޅެނީ މަގާމުގައި ބައްދަން: ރޮޒައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންވެސް އެމަނިކުފާނު އުޅުއްވަނީ މަގާމުގައި ބައްދައިގެން އޮންނަން ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އޮތީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރުމަށް އެމްޑީޕީއިން ހުށައެޅި މައްސަލަ އެޖެންޑާކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީއެވެ. މަޖިލީހުގެ އިދާރާއިން ބުނާ ގޮތުގައި މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސްއަށް އެކަންޏެވެ. މިކަމާއި ހިޔާލު ތަފާތުވެ މަޖިލީހާއި ދެކޮޅަށް ހުށައެޅި މައްސަލައިގައި ސްޕްރީމް ކޯޓުން އިއްޔަ ވަނީ ހުކުމް ކޮށްފައެވެ. ހުކުމުގައިވާ ގޮތުން ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އެންމެ ސީނިއާ މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތެރެއިން އެކަކަށް އެ ހާލަތުގައި ރިޔާސަތު ބެލެހެއްޓޭނެއެވެ.

މި މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހަށް ތައާވަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު ކުރައްވާފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓް އާންމު ކުރައްވާ ރޮޒައިނާ ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމް އިއްވުމުންވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އަނެއްކާވެސް މަގާމުގަ ބައްދައިގެން އޮންނަންކަމަށެވެ. އަދި 7 ދުވަސް ވަންދެން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް ހިފަހައްޓަން މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި އިރުޝާދު ދެއްވަމުން އަންނަކަމަށް ރޮޒައިނާ ބިދާޅުވެފައިވާއިރު، އޭނާ ހިއްސާކުރެއްވި ސްކްރީޝޮޓުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް އަމާޒުކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ 7 ދުވަހު ހިފެހެއްޓޭނެކަމަށެވެ. އަދި “5 ދުވަހު ސްޕްރީމް ކޯޓުން ކުޅެދީފައި” ވާކަމަށްވެއެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ވަނީ އެ ގްރޫޕުގައި ފަނޑިޔާރުންނަކީ ލިޔަން ކިޔަން ނޭނގޭ ބައެއް ކަމަށް ބުނެ މަލާމާތްކޮށްފައެވެ. މި ސްކްރީންޝޮޓްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: