ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްފައިސާ ބޭނުންކުރާ މީހުންނަށް އުރީދޫގެ ކޭޝްބެކް އޮފާއެއް!

އުރީދޫގެ ޕްރޮމޯޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރޫދޫއިން އެ ކުންފުނީގެ އެމްފައިސާ ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރޫދޫއިން އެ ކުންފުނީގެ އެމް ފައިސާ ކަސްޓަމަރުންނަށް ފަށާފައިވަނީ ކޭޝް ބެކް ޕްރޮމޯޝަންއެކެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުން މި ޕްރޮމޯޝަންއަކީ ކަނޑައެޅިފައިވާ ވަކި ދުވަސްތަކަކަށް ކުރިއަށް ގެންދާނެ ޕްރޮމޯޝަނެކެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށް ދާއިރު، އެމްފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ޕްރޮމޯޝަން ކުރިއަށްދާ އައުޓްލެޓުންތަކުން ގަންނަ ތަކެތީގެ ޖުމުލަ އަގުގެގެ ދިހަ އިންސައްތަ އަނބުރާ ލިބޭނެ ކަމަށް ބުނެފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން އަގުގެ 10 އިންސައްތަ ވަގުތުން ވަގުތަށް ކަސްޓަމަރުގެ އެމްފައިސާ ވޮލެޓަށް ޖަމާކުރާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އުރީދޫއިން ބުނެފައިވާގޮތުން މި ޕްރޮމޯޝަން މެދުވެރިކޮށް، އެމްފައިސާ ހިދުމަތުގެ ފައިދާތަކުގެ އިތުރުން އިނާމުތަކެއް ލިބުމުގެ ތަޖުރިބާވެސް ކުރެވިގެންދާނެއެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުން، މި ޕްރޮމޯޝަން ކުރިއަށް ދާ މަގުބޫލު ތަންތަނުގެ ތެރޭގައި، ދަ ބްލެކް ޕާލް ، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންޒް އަދި ވީއާރް ކެފޭ ފަދަ ތަންތަން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: