ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މައްސަލަ އެޖެންޑާކޮށް މަޖިލީސް ޖަލްސާއެއް މިއަދުގެ ހަވީރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި އަމީން އާންމު ފާތިމަތު ނިޔުޝާ (ފޮޓޯ/ މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުމުގެ މައްސަލަ އެޖެންޑާކޮށް މިއަދުގެ ހަވީރު 04:00 އަށް ޖަލްސާއެއް ތާވަލުކޮށްފި އެވެ.

މިއަދުގެ ޖަލްސާ އީވާ ހުންނަވައިގެން ފެށިއިރު، އެމްޑީޕީގެ މެމްބަރުން ދިޔައީ ރިޔާސަތު އެހެން ބޭފުޅަކާ ހަވާލު ކުރުމަށް ގޮވާލަމުންނެވެ. އަދި އޭގެ ފަހަތުން ރައީސް މުހައްމަދު ނަޝީދާއި އީވާ ނިސްބަތްވާ ޑިމޮކްރެޓްސްގެ މެމްބަރުން އަޑުއުފުލީ ބަޖެޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބުނެ އެވެ.

އެކި މެމްބަރުން ތަކުރާރުކޮށް ނިޒާމީ ނުކުތާތައް އެދެމުން ދިޔަ ނަމަވެސް، އީވާ އެ ފުރުސަތު ނުދެއްވި އެވެ. އަދި ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވައިފި ނަމަ ވާހަކަ ދައްކަވާ މެމްބަރަށް ވުރެ ޑިމޮކްރެޓްސްގެ މެމްބަރުން އަޑުގަދަ ކުރައްވަ އެވެ. މިއަދުގެ ޖަލްސާގައި އީވާ ވަނީ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ނިޒާމީ ނުކުތާ ނެންގެވުމަށް ފުރުސަަތު ދެއްވާފަ އެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ގަވައިދަށް ފެތޭ ގަރާރަކަށް ނުވާތީ ބޭރުކޮށްލާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދެން އިތުރަށް ކުރިޔަށް ނުގެންދެވޭނެކަމަށް މެމްބަރުން ވިދާޅުވި އެވެ.

ވާހަކަ ދެއްކެވުމަށް ފުރުސަަތު ލިބުނު މެމްބަރުންގެ ތެރޭގައި ހިމެނޭ، ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ އީވާއަށް މިއަދުގެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. އަދި އެހެން މެމްބަރަކަށް އެ ފުރުސަަތު ދޭން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެއަށް ރައްދު ދެއްވައި އީވާ ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ރިޔާސަތުގައި ހުރުމަށް އުޒުރުވެރި ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްކަން ސުޕްރީމް ކޯޓުން އެނގެން އެބައޮތް ކަމަށެވެ. އެހެންކަމުން އެނާއަށް ރިޔާސަތު ނުބެލެހެއްޓޭނެ އެއްވެސް ހާލަތެއް ނެތްކަމަށް އީވާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: