ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީރު ޝަރީއަތަށް ފޮނުވުމަކީ އެންމެ މުހިންމު މަސައްކަތް: ނަޝީދު

މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓު މެދުވެރިކޮށް ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ފިނޭންސް ފިނޭންސް މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދާތީ، ފިޔަވަޅު އަޅަން ޖެހޭކަމަށް ކުރީގެ ރައީސް، އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓެވުމަށް ފަހު، އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ޖަލްސާތަކުގައި ބައިވެރިވާން ފައްޓަވާފަ އެވެ. މީގެ ކުރިން ވެސް ބެޖެޓާއި މެދު އަމަލު ކުރާ ގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ރައީސް ނަޝީދު އަމީރަށް ތުހުމަތު ކުރައްވަނީ ސިޔާސީ މަންފާއެއް ސަރުކާރަށް ހޯދައިދޭން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ބަޖެޓު ހުށަހެޅުމަށް މިއަދު އޮތް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 62 ވަނަ މާއްދާއާއި މުޅި ގަވައިދުގެ ރޫހާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އުސޫލުތަކުގެ ތަރަހައިގެ މަތީގައި އަމީރު މަޖިލީހަށް ވަޑައިގެންއިންނެވީ ކުށެއްގެ ތުހުމަތުގެ މަތީގައި އިންނަވައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށައެޅުމަށް މާލީ ގާނޫނުގައި ސާފުކޮށް ދުވަސްތަކެއް ބަޔާންކޮށްފައިވާކަމަށާއި އެހެންނަމަވެސް ސިޔާސީ މަގުސަދުތަކަކަަށް އެމްޑީޕީ އާއި ސަރުކާރުން ގެންދަނީ މަސައްކަތްތައް ކުރިއަށް ނުގެންގޮސް އެކި ގޮތްގޮތަށް އަނބުރަމުންކަމަށް ވިދާޅުވިއެވެ.

ރައީީސް ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެކަމަށާއި އެހެންކަމަން އަމީރު ޝަރީއަތަށް ފޮނުވުމަކީ މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: