ނޮވެމްބަރު 17 ގައި ހުވާ ކުރާ ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތަށް 200 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީިރު ވިދާޅުވީ ރައްޔިތުންނާއި ގުޅިފައިވާ އަސާސީ ހިދުަމަތްތަކާއި އެހީތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ނުހުއްޓި ކުރިއަށް ގެންދިއުމަށް މިއަދު ހުށައެޅިގެން ދިޔަ ބަޖެޓަކީ މުހިންމު ބަޖަޓެއް ކަމަށާއި، އެކަން ވީހާވެސް އަވަހަކަށް މަޖިލީހުން ފާސް ކޮށްދެއްވުމަށެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދިޔައީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެމަތިނ،ް 2023 ވަނަ އަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިނ،ް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަަށް ބޭއްވި ޖަލްސާއެވެ. އެ މަޖިލީހަށް ހާޒިރުވެ ބަޖެޓް ހުށައަޅަމުން އަމީރު ވިދާޅުވީ މިއަދު ހުށައެޅުނު ސަޕްލިމެންޓްރީ ބަޖެޓް ފައިިނޭންސް ކުރުމަށް ރާވާފައިވަނީ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އިންނާއި ދަރިނިން ކަމަށެވެ.
އާމްދަނީގެ ގޮތުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ލިބިފައިވާ 399.1 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ހިމަނާފައި ކަމަށެވެ. އަދި ފައިނޭންސިންގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޕްރޮޖެކްޓް ލޯންތަކުގައި ލިބޭ 1.1 ބިލިއަން ރުފިޔާ އާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި ހޯދުމަށް ރޭވިފައިވާ 200 މިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުުވީ، ސަރުކާރު ބަދަލުވާ މި ދަނޑިވަޅުގައި އަންނަ ސަރުކާރުގެ އިންތިގާލީ ކޮމެޓީ ތަކާއި އެކު ފައިނޭންސިން ހޯދުމުގެ ކަންކަމުގައި މަޝްވަރާ ކުރެވިފައިވާކަމަށާއި، އަދި މައުލޫމާތުވެސް ވަނީި ހިއްސާ ކޮށްފަ ކަމަށެވެ. ނަމަވެސް ފައިނޭސިން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

