ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލި ވިލެނީ އިސްލާމީ ނޫރާއި، ދީނީ އަޤީދާ ވަރުގަދަ ކޮށްދޭނެ ދައުރަކަށް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރު އުފެދުނު ރައީސުލްޖުމްހޫރިއއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަސށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ދިވެހިން ނިންމީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. ގައުމަށް މިއަދު ދިމާވެފައިވާ އެތައް ގޮންޖެހުންތަކަކުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަމާއިއި އެކުގައެވެ. ދިވެހީންގެ ރާއްޖެ ޑރ މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ހޯދޭނެ ކަމުގެ ޔަގީންކަމާއިއެކުގައެވެ.

ދިވެހީންގެ ރާއްޖެ ދިވެހިން ބޭނުންވާ ގޮތަށް ބައްޓަން ކުރެވޭނެ އެންމެ ފުރިހަމަ ގޮތަކީ ހަމަޔަގީނުންވެސް އިސްލާމީ ނޫރާއި ދީނީ އަޤީދާ ވަރުގަދަކޮށްގެންނެވެ. ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް ގައުމު އެއްބައިވަންތަ ކުރުވުމަށް ގިނަ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

އިސްލާމީ ނޫރުން މުޅި ރާއްޖެ ވަރުގަދަ ކުރުމަށް ޑރ މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ހަމަ ޔަގީނުންވެސް ދިވެހިން ބޭނުންވާ ފަދަ ވަރުގަދަ ސިޔާސަތެކެވެ.

އެގޮތުން ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދެވިގެންދާނެއެވެ.

މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުމަކީ ރައީސް ޑރ މުއިއްޒު އެންމެ އިސްކަން ދެއްވާނެ ކަންތަކެވެ.

ހަމައެހެންމެ ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުމާއި، ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ކުރައްވާނެ ކަންތައްތަކެވެ.

ޑރ މުއިއްޒުގެ ސަރުކާރުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރެވިގެންދާނެއެވެ.

މީގެއިތުރުން މޯލްޑިވްސް ޒަކާތު ހައުސް” އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހައްދަވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ރައީސް ޑރ މުއިއްޒުގެ ސިޔާސަތަކީ ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުމެވެ.

އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުމާއި، މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުމަކީ ރައީސް މުއިއްޒުގެ އިސްލާމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތައްތަކެވެ.

މީގެއިގތުރުން އިސްލާމީ މުހިންމު މުނާސަބަތުތައް، ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމާއި، މަލިކު ސަލްމާން މިސްކިތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކީރިތި ޤުރުއާނާބެހޭ މިއުޒިއަމެއް ޤާއިމުކުރުން. ހިމެނެއެވެ.

ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢުލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް ޑރ މުއިއްޒުގެ އެއް އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: