ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރިޔާސަތަށް އަސްލަމް އަރާވަޑައިގަތީ އިދާރީ މުވައްޒަފުންނަށް ބިރުދައްކައިގެން: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަޑައިގަތީ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބިރުދައްކަވައިގެން ކަމަށް މަޖިލީހުގައި މައިނޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަސްލަމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އާޒިމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު އިންނެވިނަމަ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޖާގައެއް މި ސަރުކާރަށް ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އަސްލަމް އިންނެވީ ސަރުކާރުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު ގާނޫނާއި ގަވައިދާ ހިލާފަށް 7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައެޅުމުން އެބަޖެޓު ތާވަލުކޮށްގެން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކަން ނުކުރެވޭނެ ކަމަށާއި އަދި ގަނޫނު އަސާސީގެ 96 މާއްދާގެ (ނ) ގައި ބަޔާން ކުރާނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެން ނުވާނެކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް ބާކީ ތިން ދުވަސް އޮތް ކަމަށާއި އަދި އަހަރު ނިމެން އެއްމަސް ދުވަސް އޮތްއިރު ރައްޔިތުންގެ ފައިސާގެ 7 ބިލިއަން ހަރަދު ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ގާނޫނު އަސާސީން ފައިސާ ހަރަދު ނުކުރެވޭނެ ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ ފައިސާ ހަރަދުކޮށްފައި ވާކަން ބަޖެޓަށް ބަލާލުމުން އެނގޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ވެރިކަމާ ހަވާލުވާ ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ ފައިސާ “ކަމުން” އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ބުނި ވަރަށް ފާސްކޮށް ބަޖެޓު ދީފާއިވާއިރު ދެން އިތުރަށް ފައިސާ ބޭނުން ފުޅުވަނީ ކޮންކަމެއް ކުރައްވަންތޯ އެނގިވަޑައިނުގަންނަވާކަމަށެވެ. އާޒިމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު ހުށާހަޅާފައިވަނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ފައިސާ ދެއްވަން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: