ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ސަރުކާރުގެ އުމްރާނީ ތަރައްޤީއާއި މަޝްރޫޢުތައް!

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން އުފާވެރި އަމާންރާއްޖެއެއް ބޭނުން ނުވާ ކަމަށް ނިންމާ ދިވެހީންގެ ރާއްޖެއަށް ދާން ނިންމީ ވަރަށް ވެސް ފޮނި އުންމީދުގައެވެ. ދިވެހީންގެ ރާއްޖެ ރަެައްގީގެ އައު އުސްމިންތަކަކަށް ދިއުމުގެ އުންމީދުގައެވެ. ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް ވެސް ފުރިހަމަ ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފައެވެ.

ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ތަރައްގީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ބަލާއިރު އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކާއި ރަށްތައް ކޯޒްވޭއާއި ބްރިޖުން ގުޅާލެވޭނެއެވެ.

ބޮޑެތި ޖަލްސާތަކާއި، އެގްޒިބިޝަންތަކާ، ކޮންސެޓުތައް ބޭއްވޭނެ ތަނަވަސްކަމާއި ފެންވަރުހުރި ބައިނަލްއަޤްވާމީ ކޮންވެންޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށް ނިންމުމަކީ ރައީސް ޑރ މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ހަމައެހެންމެ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެންވެސް 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއާރޕޯޓް ވިއުގަ ޑރ މުއިއްޒުގެ ސަރުކާރުގައި ފުޅާ ކުރެވިގެންދާނެއެވެ.

ހައި ސްޓްރީޓް ފިހާރަތަކާއި މުނިފޫހިފިލުވާ ޚިދްމަތްތައް ހިމެނޭގޮތަށް ފަރުމާކުރެވޭ މޯލްތަކާއި ވިޔަފާރީގެ ސަރަޙައްދުތައް ޤާއިމުކުރުމާއި  އިންޑޯ ޕިޗުތަކާއި، ކޯޓުތަކާ، ޖިމްތަކާ، ސްޕޯޓްސް ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ކްލިނިކްތަކާ، ރެސްޓޯރަންޓް އަދި ކެފޭތައް ހިމެނޭގޮތަށް، ރާއްޖޭގައި ކުޅޭ މަޤްބޫލު ހުރިހާ ކުޅިވަރުތަކަށް ޚާއްޞަކުރެވޭ ޒަމާނީ ފެންވަރުގެ ކޮމްޕްލެކްސެއް އެޅުމަކީ ރައީސް މުއިއްޒުގެ ސިޔާސަތެކެވެ.

މީގެއިތުރުން ބައިނަލަޤްވާމީ ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުމަކީ ރައީސް ޑރ މުއިއްޒުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ބައިނަލަޤްވާމީ ކްރޫޒްލައިން ޓާރމިނަލްއެއް ޤާއިމުކުރެވޭނެއެވެ.

ދިވެހިންނާއި ފަތުރުވެރިންނަށްވެސް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކުރެވޭ ބައިނަލްއަޤްވާމީ ފެންވަރުގެ ތީމް ޕާކެއް ރާއްޖޭގައި ޤާއިމުކުރުމަށް ރައީސް ޑރ މުއިއްޒު ނިންމަވާފައިވާއިރު ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ތެރެއިން، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ދިވެހިންނާއި ފަތުރުވެރިންނަށްވެސް ލިބޭނެ ލުއިފަސޭހަކަމެއްގެ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ސީޕްލޭން ދެ މަރުކަޒު ޤާއިމުކުރުމާއި، 2025 ގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން ޕީ.ޕީ.އެމް އިން ފެށި ބިޔަ މަޝްރޫއު އެކީ ނިންމާ، އެ އެއަރޕޯޓަކީ ސަރަޙައްދީގޮތުންވެސް ދަތުރުވެރިން އިޚްތިޔާރުކުރާ ނާރެހަކަށް ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: