ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ.މުއިއްޒުގެ ހާއްސަ އެޑްވައިޒަރަކަށް އަބްދުއްރަހީމް އަބްދުﷲ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރަކަށް އަބްދުއްރަހީމް އައްޔަންކުރައްވާފައި ވަނީ މިރޭ ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާ ވެސް އެންމެ އިސްކޮށް ހަވާލުވެ ހުންނެވި އަބްދުއްރަހީމްއަކީ މި ވެރިކަން ގެނެސްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވި އެއް ބޭފުޅާ އެވެ. އަދި އޭނާ އަކީ ޕީޕީއެމްގެ ފުރަތަމަ ވެރިކަން ދެމެހެއްޓުމުގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

އަބްދުއްރަހީމް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލ. ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ލާމު އަތޮޅު އޮފީހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ އެންމެ އިސް ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރެއްވުމާ އެކު އެ ކޯލިޝަނުގެ އެންމެ އިސް ފަރާތުގެ ގޮތުގައި، އިދިކޮޅުގެ އަޑު ފަނޑުވިޔަ ނުދީ ކުރި މަސައްކަތުގައި ވެސް އެންމެ އިސްކޮށް އަބްދުއްރަހީމް ހަރަކާތެރިވެލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: