ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕީޖީ ލީޑަރުކަމަށް ތިން ބޭފުޅުން ކުރިމަތިލައްވައިފި

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕު (ޕީޖީ) ލީޑަރުކަމަށް ކުރިމަތިލެއްވި މެންބަރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕު (ޕީޖީ) ގެ ލީޑަރުކަމަށް ތިން ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީއިން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނުގައިވާ ގޮތުން ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ 23 ނޮވެމްބަރ 2023 ވާ ބުރާސްފަތިގައެވެ. މި އިންތިހާބު އެ ދުވަހުގެ 14:00 ން 16:00 އަށް، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުން މި އިންތިޚާބުގައި ކުރިމަތިލެއްވި މެމްބަރުން:

1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ

އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުން އޭނާ ޕީޖީ ލީޑަރުކަމުގެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސްކަމުގެ މަގާމާއި، ނައިބު ރައީސްކަމުގެ މަގާމުވެސް އޮތީ ހުހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: