ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތީމުގޭގައި ދިރިއުޅެން މާ ރަނގަޅުވާނެ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ތީމުގޭގައި ދިރިއުޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިލްތިޒާސްކުރައްވައިފިއެވެ.

މުލިޔާގެގައި ރައީސް މުއިއްޒު ދިރިއުޅުއްވަން ފެއްޓެވުމުގެ ކުރިން މަރާމާތުތަކެއް ކުރަން ކަނޑައެޅުމާއިއެކު، ރޮޒައިނާވަނީ އެކަމަކީ ކުރަންޖެހޭ މަސައްކަތްތަކެއް ނޫންކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތީމުގެއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ދިވެހިރާއްޖޭގެ ރައީސުން ދިރިއުޅުއްވުމަށް ބިނާކުރެއްވިތަނެއްކަމަށެވެ.

އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން ރައީސް މުހައްމަދު ނަޝީދު އެތަން އޮފީހަކަށް ބަދަލުކުރެއްވިކަމަށާއި، މުލިޔާގެއަށް ބަދަލުވެވަޑައިގަތުމުން މިހާރު ތީމުގެ ހެދުމަށް ދިޔަ ހަރަދަށްވުރެ އިތުރު އަދަދެއް ކޮންމެ ފަހަރަކުވެސް ހަރަދުވެގެންދާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މުލިޔާގެ އަކީ ތަރަކައިން ބައެއްގެ ގޮތުގައި ކަނޑައަޅައި ރައްކައުތެރިކުރަންޖެހޭ ތަނެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެތަނުގައި ޒަމާނީ ފެންވަރަށް ފެތޭގޮތަށް ދިރިއުޅުމަށް ކުރަންޖެހޭ ހަރަދުތަކަކީ ބޭކާރު ހަރަދުތަކެއް ކަމަށެވެ. އެހެންކަމުން އަދިވެސް ތީމުގޭގައި ދިރިއުޅުއްވުމަށް ނިންމެވުމުން ބުއްދިވެރިކަމަށް ވިދާޅުވިއެވެ. މުލިޔާގެ މަރާމާތުކުރަންޖެހޭ ޖެހުމަކީވެސް ރައީސް ނަޝީދު ރާއްޖެއަށް ޖެއްސި މުސީބާތެއްކަމަށާއި، އެމަނިކުފާނު އަބަދުވެސް ކުރައްވަނީ ދެކޮޅު ނުޖެހޭ ކަންކަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: