ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމާލް ރިޓަޔަރ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަމާލް ދިވެހި ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން ބުނީ ސިފައިންގެ ހިދުމަތުން ލެފްޓިނެޓް ޖެނެރަލް ޝަމާލް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވާފައި ވަނީ 35 އަހަރަށް ވުރެ ގިނަ ދުވަހު އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވުމަށް ފަހުކަމަށެވެ.

ޝަމާލް މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ، އޭނާ ސިފައިންގެ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ހުކުމް ކުރި ދުވަހުއެވެ. އެއީ ވަނީ 2018 ޑިސެމްބަރު 11 ގައެވެ.

ޝަމާލު ވަޒީފާ އިން ވަކިކުރީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅޭގޮތުން، އެ ހުކުމްގެ ބާރާއި އަމުރުވެރިކަން ނަފީކޮށް، ސިފައިންގެ ތެރޭގައި ފިތުނަވެރިކަމާއި ޚިލާފުތަކެއް އުފެދޭގޮތަށް ޕެޓިޝަނެއް ހަދައި ސޯޝަލް މީޑިއާގައި އާންމުކޮށް، ސިފައިންގެ އެކި ރޭންކުތަކުގެ މީހުންނާއި ބައްދަލުކޮށް އެކަމާ މެދު ވާހަކަ ދައްކާފައިވާކަމަށް ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން ހައިކޯޓުން ކުރި ހުކުމްގައި ވަނީ ޝަމާލު ވަކިކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ ކޮބައިކަން ބަޔާން ކުރުމެއް ނެތިކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން އެއްވެސް ވަރަކަށް އޭނާއާ ސުވާލުކޮށްފައިނުވާތީ، އެހެންކަމުން 30 ނޮވެމްބަރު 2013 ވަނަ ދުވަހުން ފެށިގެން ޝަމާލަކީ ވަޒީފާ އިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި ހުކުމް ކުރި ދުވަހުން ފެށިގެން ލަސްވެގެން 15 ދުވަހުގެ ތެރޭގައި ޝަމާލު އަދާކުރަމުން ދިޔަ ވަޒީފާ އިޔާދަކޮށްދިނުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: