ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ދުބާއީއަށް ފުރާވަޑައިގަންނަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ލެފްޓިނަންޓް ޖެނެރަލް ހަމަދު މުޙައްމަދު ޘާނީ އަލްރުމައިތީގެ ދަޢުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ދުބާއީއަށް ފުރާވަޑައިގަންނަވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ، ދުބާއީގައި ނޮވެންބަރު 14 އިން 18 އަށް އޮންނަ “ދުބާއީ އެއަރޝޯވ 2021” ގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫއޭއީގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސަރވިސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް މުޙައްމަދު ފިރުދައުސްއާއި ބިޔުރޯ އޮފް ޗީފް އޮފް ޑިފެންސް ފޯސްގެ ސްޓާފް އޮފިސަރ، މޭޖަރ މުޙައްމަދު ޝިނާން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: