ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޖާރ ޝާމާލްއަށް އިންޑިއާގެ ގާޑް އޮފް އޮނަރ ދީފި

މޭޖަރ ޝަމާލަށް ހޮނަރ ގާޑްކަން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލަށް އިންޑިއާގެ ގާޑް އޮފް އޮނަރގެ ޝަރަފު އަރުވައިފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީއަށް މޭޖަރ ޝަމާލް ވަޑައިގެންނެވީ ދެގައުމުގެ ދޭތެރޭގައި އޮންނަ، ގާތް ގުޅުން އިތުރަށް ބަދަހި ކުުރުމުގެ މަގުސަދުގައެވެ. އެގޮތުން އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް ހަރީކުމާރް ދާދި ފަހުން ރާއްޖެ އައިސްފައިވެއެވެ. އަދި އެ ދަތުރުގައި “ހައި ލެވެލް” ޑިފެންސް މަޝްވަރާތަކެއް ކުރިވެފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރާގޮތުން އެ ގައުމުންވަނީ ދިވެހިރާއްޖޭގައި އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކަައި 1.2 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްވެސް ހުޅުވާލާފައެވެ. އަދި ދިވެހި އަސްކަރިއްޔާއިން ހިންގާ ޓްރެއިނިންގްތަކުގެ 70 އިންސައްތައަކީވެސް، އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށްވެސް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުން، ދިވެހިރާއްޖެއާއި އެ ގައުމުގެ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ސަލާމަތީ އެއްބަސްވުންތަކެއް ގައިމުކުރެވިފައި އޮތުމުގެ އިތުރުން، މިހާރު އެގައުމުން ދިވެހިރާއްޖެއަށް ކައުންޓަރ ޓެރަރިޒަމްގައިވެސް އެހީތަކެއްވަމުންދާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: