ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި 77 ސިފައިން މަސައްކަތް ކުރަމުން އެބަދޭ: ފިރުޒުލް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި 77 ސިފައިން މަސައްކަތްކުރަމުން ދާކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުލް ހަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް އެކުލަވާލައިފައިވާ ހުރިހާ އެއްބަސްވުމެއް އުވާލުމުގެ މަސައްކަތް ކުރިއަށް ސަރުކާރުން ކުރާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެކުލަވާލެވިފައިވާ އެއްބަސްވުން ތަކުގެތެރެއިން އިންޑިއާ އާއިއެކު ވެފައިވާ އެއްބަސްވުންތަށް ފާހަގަކޮށް ފިރުޒުލް ވިދާޅުވީ ބެލިބެލުން ތަކުން ޕްރޮޖެކްޓުތަށް ހިންގުމަށް ވެފައިވާ އެއްބަސްވުންތަށް ނުހިމަނާ 100 އަށްވުރެ ގިނަ އެއްބަސްވުންތަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެފައިވާކަމަށެވެ.

އިންޑިއާއާއި ދެމެދު ވެފައިވާ އެއްބަސްވުންތަށް ގިނަ ކަމަށް ފާހަގަކޮށް ފިރުޒުލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ހިންގައިފައިވާ ޑިފެންސްގެ ގިން ތަމްރީނު ޕްރޮގްރާމް ތަކާއި އަދި ވީ.އައި.ޕީ ގެ މަސައްކަތްތަށް ވެސް ކޮށް ފައިދާތަކެއްވެފައި ވާކަމަށެވެ. ރާއްޖޭގައި މިވަގުތު ތިބީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 48 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިން ކަމަށެވެ. އިތުރަށް ތިބި ދެ ސިފައިންނަކީ އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުން ބޭރުގެ އެއްވެސް ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވާކަމަށް ބުނެފައި ވާކަމަށްވެސް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ދިވެހިރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކަންކަން ކުރުމަށް ރައީސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ނެތްކަން ކަށަވަރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިހާރުވެސް ރައީސް އެމައްސައްކަތް ފައްޓަވައިފައިވާކަމަށްވެސް ވިދާޅުވިއެވެ.

100 އަށްވުރެ ގިނަ އެއްބަސްވުން ވާއިރު އެކަން ދިރާސާ ކުރުމަށް ގިނަ ވަގުތުތަކެއް ބޭނުން ވާނެ ކަމަށާއި، އަދި މިހާރު ރައިސް މަގާމުގެ ހުވާ ކުރެއްވުމަށްފަހުވެސް ވޭތުވެދިޔަ މުއްދަތުގައި ގިނަ އެކި ސާފީރުންނާއި ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދުވަސް ތަކުގައި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: