ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންގެ ކާރުކޮޅާއި ގެކޮޅުގައިވެސް ދިދަ ނަގައިފައި ބަހައްޓާގޮތަށް ހަމަޖައްސައިފި

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ހުވާ ކުރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުން  ބޭނުންކުރައްވާ ކާރުކޮޅާއި އެބޭފުޅުން ދިރިއުޅުއްވާ ގެކޮޅުގައިވެސް ދިވެހި ދިދަ ހަރުކޮށްފައި ބަހައްޓަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަކުރެއްވުމަކީ ރައީސްގެ ތަގުރީރުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ނުކުތާ ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ދިދައަކީ ދިވެހިވަންތަކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ނިޝާން ކަމަށްވާތީ ވަޒީރުންގެ ގެކޮޅާއި އާއި އެ ބޭފުޅުންގެ ކާރުކޮޅުގައިވެސް ދިވެހި ދިދަ ވިހުރިވިހުރި ހުންނަން ޖެހޭ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ދިވެހި ދިދަ ބޭނުންކުރެވޭ މިންވަރު އިތުރުކޮށް ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އޮފީސްތަކުގައި 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަން ނިންމާފައެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބުކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް ރައީސް މުއިއްޒު ވަނީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބަހައްޓަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: