ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ސަރުކާރުގެ މަޤާމްތަކާއި ގުޅުނު 6 މެމްބަރުން މަޖިލީހުން އިސްތިއުފާދެއްވިކަން އިއުލާނު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރަކު އައު ސަރުކާރުގެ މަޤާމްތަކަކާއި ހަވަާލުވުމާއި އެކު އެ މެމްބަރުން މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާކަން މަޖިލީހުގެ ރިޔާސަތުން އިޢުލާނުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ހަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން މިމަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވި މެންބަރުން

  • ހުސައިން މުހައްމަދު ލަޠީފް – ފަރެސްމާތޮޑާ ދާއިރާ
  • އަޙްމަދު އުޝާމް – ވިލިމާލެ ދާއިރާ
  • އަޙްމަދު ޝިޔާމް – ނައިފަރު ދާއިރާ
  • މުޙައްމަދު ސަޢީދު – މާވަށު ދާއިރާ
  • އާދަމް ޝަރީފް – މަޑުއްވަރި ދާއިރާ
  • މުޙައްމަދު ގައްސާން މައުމޫން – ތ. ގުރައިދޫ ދާއިރާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވަނީ މަޖިލީހުގައި ނުވަ އަހަރާއި ފަސް މަސް ދުވަހު މެދުކެނޑުމެއްނެތި މެންބަރުކަން ކުރައްވާފަ އެވެ.

މި ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އަހުމަދު އުޝާމް އެވެ. ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މުޙައްމަދު ގައްސާން މައުމޫން އެވެ.

ފިޝަރީޒް މިނިސްޓްރީގެ މަގާމަށް އަހުމަދު ޝިޔާމް އައްޔަންކުރައްވާފައިވާއިރު އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މުހައްމަދު ސައީދު އެވެ. މިނިސްޓްރީ އޮފް ސިޓީސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އާދަމް ޝަރީފެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ބޭފުޅުން މަޖިލީހުގައި ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: