ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވިސްނުން ފްލެޓު ލިސްޓަށް އިހުތިރާމް ނުކޮށް، ރިވިއު ކުރުމަށް!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރި ”ގެދޮރުވެރިޔާ ސްކީމް“ އިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

އައު ހައުސިން މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ވެސް އަތުނުލާނެކަމަށް އަދި އެގްރިމަންޓުތަކަށް އިހުތިރާމު ކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައިވެފައިވީ ނަމަވެސް މިހާރު ވިސްނުމަކީ އެއީ ނޫން ކަމަށެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ވެސް އަމާޒުވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ފްލެޓު ލިސްޓުތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ޝަކުވާތައް އެބަހުރި ކަމަށެވެ. އަދި ސަރުކާރުން އެ ހަވާލު ކުރީ ވެސް ކޮމިޝަނުން އެގޮތަށް އަމަލު ނުކުރުމަށް އަންގާފައިވަނިކޮށް އެއާއި ހިލާފުވިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހު ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި އޭނާ ވިދާޅުވީ، މިހާރު އިންތިޒާރު ކުރަނީ އޭސީސީން ލަފައެއް ލިބެންދެން ކަމަށެވެ. އަދި އެ މައްސަލަތަކަކީ ކޮބައިތޯ ބެލުމަށް ފަހު ރިވިއު ކުރާނެކަން މިނިސްޓަރ ހާމަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ފްލެޓު ލިބިފައި ވަނީ ހައްގުވެރިންނަށް ތޯ ބެލުން މުހިންމެވެ.

މީގެއިތުރުން ސަންގު ޓީވީގެ ސުވާލަކަށް މިނިސްޓަރު ވިދާޅުވީ ފްލެޓު ދިނުމަށް ހަދާ ޕޯޓަލްއަށް ދޮގު މައުލޫމާތުތައް ދީގެން ފްލެޓުތައް ލިބިފައި ހުރުން އިންސާފުވެރިއެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: