ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ބޭނުން ވަނީ އަތްމަތި ތަނަވަސް ފަހި ދިރިއުޅުމެއް، މާޔޫސްވިޔަކަ ނުދޭނަން: މިނިސްޓަރ އަސްވާޑު

އިބްރާހިމް ވަހީދު (އަސްވާޑް)
ޝެއާރކޮށްލާ ކަހަލަދޯ؟

އަތް މަތި ތަނަވަސްކޮށް ފަހި ދިރިއުޅުމެއް އުޅެވޭނެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 އިން ގެނެސްދޭ ”ނިއުސްޓޯކް“ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އަސްވާޑު ވިދާޅުވީ ގައުމެއް ހިންގުމުގައި އެންމެ މުހިންމީ ޒުވާނުންގެ ދައުރުކަމަށާއި، އެ ސިޔާސަތު ތަންފީޒު ކުރުން ކުރިމަށްޓަކައި ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ދާދިފަހުން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަނު ކުރި މުހައްމަދު ޝައްމާނަކީ ވެސް ޒުވާނެއްކަން އަސްވާޑު ފާހަގަކުރެއްވި އެވެ.

ޔޫތް މިނިސްޓްރީއެއްގެ ބޭނުމަކީ ޒުވާނުން ބާރުވެރިކުރުވުން ނަމަވެސް، ޒަމާނުއްސުރެ ދެކެވޭ މި ވާހަކައަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމަށް ނޫސްވެރިޔާގެ ސުވާލުގައި ފާހަގަކުރުމުން މިނިސްޓަރ އަސްވާޑު ވިދާޅުވީ އަބަދުވެސް ހީކުރެވިފައި އޮންނަނީ ޒުވާނުން ގުޅިފައި ވަނީ ކުޅިވަރާ ކަމަށެވެ. އެކަމަކު ވެސް ބަދަލުވާން ވީ ވިސްނުންކަމަށާއި، ޒުވާނުންނަކީ ގައުމުގެ އުންމީދަށް ވާއިރު ކުރިޔަށް އޮތްތަނުގައި ފެންނާން އޮތް ބަދަލަކީ އެއީކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓްރީގެ މެންޑޭޓު އޭގެ ޒާތުގައި ވަރަށް ފުޅާކަމަށާއި، ޒުވާނުންނަށް ދިމާވާ ކޮންމެ ދައްޗެއްގެ ހައްލު ހޯދުމަށް އެހެން މިނިސްޓްރީތަކުގެ ދޮރުގައި ޓަކި ޖަހާ ވުޒާރާއަކަށް ޔޫތް ވާނެކަމަށް މިނިސްޓަރ އަސްވާޑު ވިދާޅުވި އެވެ.

މިނިސްޓަރ އަސްވާޑު ވިދާޅުވި ގޮތުގައި ޒުވާނުންގެ އަތްމަތި ތަނަވަސްވެ، އާމްދަނީ ލިބޭނެ ވަސީލަތް އިތުރަށް ފަހިވާން ޖެހެ އެވެ. އަދި ކޮންމެ މީހަކު ވެސް ބޭނުންވާ ހިތްފަސޭހަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތާއި އެކު، އެއީ އެއްވެސް މީހަކަށް ބަރޯސާ ނުވެ އުޅޭ މީހަކަށް ވާން ބޭނުންވާ މަގު ހޯދައިދޭން ޖެހޭކަމަށް ވިދާޅުވި އެވެ.

ޒުވާނުންގެ އަތްމަތި ތަނަވަސް ވާން ޖެހޭ، އޭރުން ވަރަށް ގިނަ ކަންކަން އޭގެ ޒާތުގައި ހައްލުވާނެ.. ތި ފާހަގަކުރެއްވި ހުރިހާ ކަމަކަށް ވެސް.. އެހެންވީމަ ޒުވާނުންނަށް ފަހި ދިރިއުޅުމެއް އުޅެން ޖެހޭނެ ފަހި ފުރުސަތުތަކެއް ލިބެން އެބަޖެހޭ.. ޖީބަށް ބަރުވާން ޖެހޭ.. އެބޭފުޅުންގެ ޖީބު ތަނަވަސް ވާން ޖެހޭ.. އެބޭފުޅުން ބޭނުންވާ ފަސޭހަ ދިރިއުޅުމަކަށް އެބޭފުޅުންނަށް މަގުފަހިވާން ޖެހޭ.. އެހެންވީމާ އަޅުގަނޑަށް ފެންނަ ތަނުގައި އެންމެ މުހިންމު ކަމަކީ އަތްމަތި ތަނަވަސް ވުން ދިވެހި ޒުވާނުންގެ.. އެއާއި ގުޅިގެން އެހެން ހުރިހާ ކަމެއް ވެސް ހައްލު ކުރާނެކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ..

މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްވާޑު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ފުކުރަކީ ގައުމު ކުރިއެރުވުމުގެ ފިކުރު ކަމަށެވެ. އަދި އޭނާ ފަދަ ޒުވާނަކަށް ވަޒީރުންގެ މަޖިލީހުން ޖާގަ ލިބުމަކީ ރައީސް މުއިއްޒުގެ ވިސްނުން ހާމަކޮށްދޭ އެއް ސަބަބުކަމަށް ވިދާޅުވި އެވެ. މިނިސްޓަރ އަސްވާޑު ވިދާޅުވީ މިއަދު ފެންނަނީ ޒުވާނުން ރައީސް މުއިއްޒަށް ކުރާ އިތުބާރާއި އުންމީދު ކަމަށެވެ. އަދި ޒުވާނުންނަށް އޮތް ހަމައެކަނި ދައުރަކީ ވޯޓު ލުން އެކަނި ވެސް ނޫންކަމަށާއި، މިއަދު ޒުވާނުންނަށް ގައުމުގެ ކަންކަމުގައި ބޮޑު ހިއްސާއެއް އެބައޮތްކަމަށް އަސްވާޑު ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށް އޮތީ އެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ ދުވަސްތައްކަމުގައި އަސްވާޑު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ޒުވާނުންނަށް ގިނަ ވައުދުތަކެއްވެ، އެކަންކަން މެނިފެސްޓޯގައި ހިމަނުއްވާފަ އެވެ. އެ ހުރިހާކަމެއް ވެސް 19 ޗެޕްޓާގެ އެކި ބައިތަކުގެ ތެރޭގައި ހިމެނެ އެވެ. ވަޒީފާގެ ފުރުސަތުތަކާއި، މަތީ ތައުލީމާއި، ތަމްރީނުގެ އެކި ޕްރޮގްރާމުތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާތައް އޭގެ ތެރޭގައި ހިމެނެ އެވެ.

މި އިންޓަވިއުގައި މިނިސްޓަރ އަސްވާޑު ވަނީ ޒުވާން ފަންނާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރާއްޖޭގައި ޒުވާނުން ދާއިރާތަކުން ކުރިޔަށް ދިއުމުގެ ހުނަރު ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމަށް ގެންގުޅުއްވާ ޕްލޭނަކީ ކޮބާކަމާއި، މެނިފެސްޓޯގެ ބައެއް ދާއިރާތަކަށް އަލިއަޅުއްވާލެއްވި އެވެ.

މި އިންޓަވިއުގައި މިނިސްޓަރ އަސްވާޑު ވަނީ ޒުވާން ފަންނާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރާއްޖޭގައި ޒުވާނުން ދާއިރާތަކުން ކުރިޔަށް ދިއުމުގެ ހުނަރު ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމަށް ގެންގުޅުއްވާ ޕްލޭނަކީ ކޮބާކަމާއި، މެނިފެސްޓޯގެ ބައެއް ދާއިރާތަކަށް އަލިއަޅުއްވާލެއްވި އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 68%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: