ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައިގެ ކުރިން މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރޯދަމަހުގެ ފަހު ދިހަޔަކާ ދިމާވާތީ، ރޯދަމަހުގެ ކުރިން ޝައުބާން މަހުގެ ތެރޭގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އީސީން އެގޮތަށް ހުށަހެޅީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކާ ދިމާވާތީއެވެ. އެހެންކަމުން ރޯދައިގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އީސީއިން މަޖިލީހުގައި ވަނީ އެދިފައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މި ދައުރު ހަމަވާ އިރު ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު 19 ގައި ކަމަށް ހަބީބް ވިދާޅުވިއެވެ.

ނަމަވެސް އޯލެވެލްއަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް އެ ދުވަސްކޮޅު ބާއްވަން ނިންމާފައިވާތީ އެ ދުވަސްވަރު ވޯޓުލާނެ މަރުކަޒުތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވޯޓުލާ މަރުކަޒުގެ ގޮތުގައި އީސީން ބޭނުން ކުރީ ސްކޫލްތަކުގެ ހޯލްތަކެވެ.

ހަމައެއާއެކު ރޯދަމަހު އިންތިޚާބު ބާއްވާނަމަ އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އޭގެ އިތުރުން ރޯދައިގެ ތެރޭގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ވެސް ދަތިތަކެއް ހުންނާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެ ކަންބޮޑުވުންތައް ހިއްސާކުރައްވާ އީސީން ވަނީ އިންތިހާބު ބާއްވަން ދެ ގޮތެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރުކޮށް މާޗް ނުވަވަނަ ދުވަހު އިންތިޚާބު ބޭއްވުމާއި، އިންތިޚާބު އިއުލާނުކުރަން ޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކޮށް، އިންތިހާބު އަވަހަށް ބޭއްވުން ހިމެނެއެވެ.

އީސީން ގެންނަން ބޭނުންވާ މި ބަދަލުތަކާ ގުޅިގެން ހިޔާލު ހޯދުމަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރަން ވަނީ ނިންމާފައެވެ. އަދި ގޮތެއް ނިންމާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިތުރަށް ބަހުސް ކުރުމަށްފަހުއެވެ.

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: