ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކަރީ ވަސީލަތްތަކެއް ދިނީ އިންޑިއާ ފަސްޓު ޕްރޮމޯޓުކުރަން ބަދަލުގެ ގޮތުގައި: ޗައިނާ ޑެއިލީ

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާ ފަސްޓް ސިޔާސަތު ޕްރޮމޯޓުކުރުމުގެ ބަދަލުގެ ގޮތުގައި ރާއްޖެއަށް އެ ގައުމުން އަސްކަރީ އެހީ ދިންކަމަށާއި އެހެންނަމަވެސް އެތަކެތި ބޭނުންކުރަމުންދަނީ އިންޑިއާގެ ސިފައިންކަމަށް ޗައިނާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

ޗައިނާގައި ވެރިކަން ކުރަމުންދާ ޗައިނީސް ކޮމިއުނިސްޓު ޕާޓީގެ ބެލުމުގެ ދަށުން ހިންގާ ޗައިނާގެ އެންމެ ފުޅާ އަދި ވަރުގަދަ އިނގިރޭސިން ޝާއިއުކުރާ ނޫސްކަމަށްވާ “ޗައިނާ ޑެއިލީ” އިން ރިޕޯޓުކުރާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ހުވާކުރެއްވުމާއިއެކު ރާއްޖޭގައި އެއްވެސް އެހެން ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އިންޑިއާގެ ނަން ސީދާ ކިޔާފައިނުވާނަމަވެސް ރާއްޖޭގައި ގާއިމުވެތިބި ހަމައެކަނި އަސްކަރިއްޔާއަކީ އެ ގައުމުގެ އަސްކަރިއްޔާކަމަށާއި އެހެންކަމުން ސާފުކޮށް އިންޑިއާގެ ސިފައިން ފޭބުމަށް ރައީސް މުއިއްޒު ގޮވާލެއްވުމަކީ ރައީސް ސާލިހު ގެންގުޅުއްވި އިންޑިއާ ފަސްޓު ސިޔާސަތާއި ދުރަށް ޖެހުންކަމަށް ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، ރައީސް އޮފީހުންނެރިފައިވާ ބަޔާނެއްގައި ޑރ މުއިއްޒުވަނީ ރާއްޖޭގެ ރައްޔިތުން އެމަނިކުފާނާއި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާކަމަށް ފާހަގަކޮށް، އިންޑިއާއިން ރާއްޖޭގެ ޑިމޮކްރެޓިކް ޝުއޫރުތަކަށް އިހްތިރާމްކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުވަނީ ހުވާކުރައްވައި ދެއްވި ތަގުރީރުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް އިސްކަން ދީ، ގައުމުގެ އިސްކުރާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށްވެސް ބުނެފައިވެއެވެ.

1988 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ދިނުމުގެ ނަމުގައި ހުއްދައެއް ނެތި ސިފައިން ފޮނުވިކަމަށާއި ރައީސް ސާލިހަށް ވެރިކަން ލިބިވަޑައިގެންނެވުމުން އެމަނިކުފާނު އިންޑިއާ އައުޓް ޕޮލިސީ ޕްރޮމޯޓުކޮށްދެއްވުމުގެ ބަދަލުގެ ގޮތުގައި ރާއްޖެއަށް އިންޑިއާއިން އަސްކަރީ އެހީތައް ދީފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެތަކެތި ބޭނުންކުރަމުންދަނީ އިންޑިއާގެ ސިފައިންކަމަށާއި އެއީ ރާއްޖޭގެ ދިގުމުއްދަތަކަށް ތިބުމަށް ދައްކާ ބަހަނާއެއްކަަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: