ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޕީޕީއެމުން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރިއިރު އަރިހުގައި މުއިއްޒު/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފިއެވެ.

މަނީލޯންޑާރ ކުރުމާއި، ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން އައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދުއެވެ.

ޑރ ޖަމީލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނު ޕީޕީއެމުން ވަކިވެވަޑައިގެންފި ކަމަށެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމުން ބުރަ މަސައްކަތް ކުރީ ރައީސް ޔާމީނަށްޓަކައި ކަމަށާއި އެމަނިކުފާނު ޖަލުގައި އަނިޔާ ތަޙައްމަލް ކުރެއްވީ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

“އެހެނަސް މިއަދު ޕާޓީގެ ލީޑަރޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު. އެބޭފުޅުން އެމަނިކުފާނާ ދުރައް ހިނގައްޖެ. އެހެން ކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިޢުފާ ދެއްވައިފި. އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.” ޖަމީލް ވިދާޅުވެފައިވެއެވެ. 

މީގެއިތުރުން ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެތައް ބަޔަކު ތިއްބެވި ކަމަށާއި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށާ ޖަމީލް ވިދާޅުވިއެވެ. އަދި ޕާޓީ އޮތީ ހައިޖެކް ކޮށްފައި ކަމަށާއި، ޕީޕީއެމާ އެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިއިރު ޕާޓީގެ ލީޑަރޝިޕާއި ރައީސް ޔާމީންއި ދެމެދު ވަނީ މައްސަލަތައް ޖެހިފައެވެ. އެގޮތުން ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީނަށް ގެއްލުމުން އެ ކޮންޓްރޯލް ހޯދުމަށް ކޮމެޓީއެއް އުފެއްދެވިއެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ޔާމީންގެ އެ ނިންމެވުން ބަލައިގެންފައެއް ނުވެއެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 32%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 9%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: