ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލާއި މަލީހަކީ ލާހޫރޭ ދެ މީހުން، ރައީސް ޔާމީނަށް ހެވެއް ނޭދޭނެ: އަބްދުއްރަހީމް

ޕީޕީއެމުން ކާނިވާގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނާއި، ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރުގެ ތެރޭގައި މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި މަގުންކަމަށާއި، ގައުމުގެ ހައްގުގައި ބަސް ބުނަން ޖެހޭ ވަގުތު އިސް ކުރެވޭނެ އެހެން މަސްލަހަތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. ދެ ރައީސުންގެ ދެމެދު މިފަދަ މައްސަލައެއް ޖެހެން، ދިމާވީ ކޮން ހާލަތެއްކަން އަދި ސާފުވެފައި ނުވައިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ.

ސަރުކާރުގެ ދިފާއުގައި ނިކުމެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އަދި ވަޒީރުން ވަނީ މިއީ ގައުމު އިސް ކުރަން ޖެހޭ ވަގުތުކަން ފާހަގަކޮށް ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިހާބު ކުރި ވެރިކަމެއް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން އެކަހެރި ކުރިކަމުގެ ތުހުމަތުކޮށް ޕީއެންއެފް އުފެއްދުމުގައި ދެން އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މުހައްމަދު މަލީހު ޖަމާލްގެ އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވަނީ އަބްދުއްރަހީމަށެވެ.

ޕާޓީ ހައިޖެކްކޮށް، ރައީސް ޔާމީނަށް ދޭ އަނިޔާތަކުގެ ފަހަތުގައި ވަނީ އަބްދުއްރަހީމްކަމަށް ކުރާ ތުހުމަތުތަކުގެ ރައްދަކީ ކޮބައިތޯ އާއި، އެފަދަ ބޮޑު އިލްޒާމެއް އަމާޒުވަނީ ކީއްވެގެން ތޯ ސަންގުޓީވީގެ ޚަބަރަށްފަހު ސުވާލު ކުރުމުން އޭނާ ވިދާޅުވީ ސިޔާސީ ގޮތުން އެއްވެސް ހައިސިއްޔަތެއް ނެތް ދެބޭފުޅެއްގެ ބަސް ރައްޔިތުން ގަބޫލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޖަމީލާއި، މަލީހަކީ އެއް ވަގުތެއްގައި ވެސް ސިޔާސީ ބުރަދަނެއް ހުރި ބޭފުޅުންތަކެއް ނޫންކަމަށާއި ވެރިކަމުގެ ދުވަސްވަރުން ފެށިގެން 2018 ގެ އިންތިހާބު އެމަނިކުފާނަށް ގެއްލި މަޖިލިސް އިންތިހާބުގެ ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ އެ ދެބޭފުޅުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އޭނާ ކުރާ އިހުތިރާމާއި، ގަދަރު އަބަދުވެސް ދެމި އޮންނާނީ އެގޮތުގައި ކަމަށެވެ. އަދި ދުވަހަކު ވެސް އެމަނިކުފާނާއި ދެކޮޅުވެ، ބަދުބަހެއް ބުނަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި އެވެ. މިދިޔަ ފަސް އަހަރާއި އެކު ވެރިކަމުގެ ފަސް އަހަރަކީ ރައީސް ޔާމީނަށް ދަތި އުނދަގޫ ދުވަސްވަރެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެ ދުވަހު ވެސް އެންމެ ގާތުގައި ހުންނެވީ އޭނާ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެންމެ އިތުބާރު ކުރެވޭ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، މަސައްކަތް ކުރެއްވީ ފަހުރުވެރިކަމާއި އެކުކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ނައިބު ރައީސަކަށް ހުންނަވައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތަށް ޖަމީލު މަގާމުން ވަކު ކުރިިއިރު، ޔޫތް މިނިސްޓަރުކަމުން މަލީހު ވަކި ކުރަން ޖެހެނީ ނާގާބިލުވުމުގެ ސަބަބުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ފަހުން ސަރުކާރާއި ދެކޮޅަށް ތަފާތު އެކި ދޮގުތައް ފަތުރައި، ރައީސް ޔާމީނަކީ އަނިޔާވެރި ހިޔާނާތްތެރިއެއްކަމަށް އިނގިރޭސިވިލާތުގައި ހުންނަވައި ޖަމީލު އަޑުއުފުލަމުން ގެންދެވިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ހިޔާނާތުގެ މޭސްތިރިޔާކަމަށް ލަގަބު ވެސް ދިނީ ޖަމީލު ކަމަށެވެ. އެހެންކަމުން އެ ދެބޭފުޅުން ރައީސް ޔާމީނަށް ހެޔޮ ނިޔަތެއްގައި އުޅުއްވަފާނެކަމަށް ބުއްދި ގަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

ހަގީގަތުގައި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުތް މީހަކީ ޑރ. ޖަމީލު. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖެއިން ބޭރުގަ އިނގިރޭސިވިލާތުގަ ހުންނަވައިގެން ހެއްދެވި ޔުނައިޓެޑް އޮޕޮޒިޝަން އުފައްދަވައިގެން އޭގެ ލީޑަރަކީ ކާކުތޯ؟ ޑރ. ޖަމީލް. މިއަދު ރައީސް ޔާމިން ވަރުގެ އިޚްލާސްތެރި، ރައީސް ޔާމިންވަރުގެ ތެދުވެރި، ރައީސް ޔާމިންވަރުގެ ޚިދުމަތްތެރި ލީޑަރަކު ނެތޭ ވިދާޅުވާ ބޭފުޅަކު އެދުވަހު ކީކޭތޯ ވިދާޅުވީ؟ ބާރު ސްޕީޑުގަ ރައީސް ޔާމިން ދިވެހި ގައުމަށް ގެންނެވީ ކޮރަޕްޝަނާއި ފަސާދައޭ. ވައްކަމޭ. ޚިޔާނާތޭ. މިއީ ނޫންތޯ ދެއްކެވި ވާހަކައަކީ

މިދިޔަ ދެ އަހަރެއްގެ ތެރޭގައި ޖަމީލު ހުންނެވީ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައިކަމަށްވުމާއި އެކު، އޭރު ވެސް އޭނާއަށް ލީޑާޝިޕްގެ އެއްވެސް އިތުބާރެއް އޮތް ތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޖަމީލް ފުރަތަމަ ސާފުކޮށްދޭން ވީ ރައީސް ޔާމީންގެ އިސްތިއުނާފު ހުށަހެޅުން ލަސްވި ސަބަބު ކަމަށެވެ. އޭގެ ފަހުން ތަފާތު އެކި ނޯޓުތައް ރައީސް ޔާމީންގެ ނަމުގައި ގެންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ދެން އޭނާ އިޝާރާތް ކުރެއްވީ އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން ފޮނުއްވި ނޯޓުކޮޅެވެ.

އަބްދުއްރަހީމް ވިދާޅުވީ މަގުމަތީ އެތައް މަސައްކަތެއް ކުރުމަށް ފަހު، އިންތިހާބު ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ދުވަހުގެ ސެނެޓު ބައްދަލުވުން، ހޫނުކޮށް ޖަމީލު ގެންދެވީ ބަސްތައް ރައްދު ކުރަމުންކަމަށާއި، ގައުމު އިސް ކުރެއްވި ވާހަކަ އޭނާ އަބަދުވެސް ދައްކަވާނީ ފަހުރުވެރިކަމާއި އެކުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: