ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީޙުގެ ހިނގަމުންދާ ދައުރު ދިގުކުރުމަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ މިއަހަރުގެ ތިން ވަނަ ދައުރު 3 ވަނަ ދައުރު ދިގުކުރުމަށް ރައްޔިތުންގެ މަޖިުލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށައަޅައިފިއެވެ.

3 ވަނަ ދައުރު ދިގުކުރުމަށް ހުށައެޅީ ޑިސެމްބަރ 7 އަކާއި ހަމައަށެވެ.

މަޖިލީސް ދިގުދައްމާލަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުން ލަސްވުމުގެ ސަބަބުން މި މަސައްކަތް ނުނިމި އޮތުން ހިމެނެއެވެ. ބަޖެޓުގެ ބަހުސް މަރުހަލާ ނިމުނީ އާދިއްތަ ދުވަހުއެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރަންޖެހުމާއިއެކު އެހެން މަސައްކަތްތައް އަނެއްކާވެސް ފަސްވިއެވެ.

މީގެ އިތުރުން އާ ސަރުކާރު އުފެދުމުގެ ސަބަބުން ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަވެސް އޮތީ ހުށައަޅާފައެވެ. މިހާރު މި މައްސަލަ ކޮމިޓީ މަރުހަލާގައި އޮތްއިރު، މަޖިލީހުގެ ރުހުން ބޭނުންވާ އެހެން މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ މަޖިލީސް ޗުއްޓީއަށް ނުގޮސް ދިގު ދައްމާލަން ޖެހުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: