ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައިގެ އެމްޑީއަކަށް އާމިނަތު ޒީނިޔާ!

އެމްޑީ އާމިނަތު ޒީނިޔާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމަށް އާމިނަތު ޒީނިޔާ އައްޔަނުކޮށްފިއެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުން ޒީނިޔާއަކީ އާސަންދަ ކުންފުނީގައި އެންމެ ގިނަ ދުވަސް މަސައްކަތްކުރައްވާފައިވާ އެއް މުއައްޒިފުކަމަށްވާއިރު، އެމްޑީގެ މަގާމަށް އައްޔަނުކުރީ ގެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވަމުންދަނިކޮށްކަމަށްވެސް ބުނެފައިވެއެވެ. ޒީނިޔާއަކީ އެ ކުންފުނީގެ މެޑިކަލް ޑިޕާޓުމެންޓާއި އެވެއަރނެސް ޑިޕާޓުމެންޓުގެ އިތުރުން ކަސްޓަމާރ ސާވިސް ސެކްޝަނާއި ބިޒްނެސް ޑިވެލޮޕްމެންޓު ފަދަ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ.

އާސަންދަ ކުންފުނީގެ ކުރިން ޒީނިޔާ މަސައްކަތްކުރެއްވީ ހެލްތު މިނިސްޓްރީގެ ޑްރަގް ޕްރިވެންޝަން ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނަރަލްކަމުގެ މަގާމުގައިކަމަށްވާއިރު، ސިއްހީ ދާއިރާގެ ތެރޭގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.

ޒީނިޔާ މާސްޓާރޒް ހާސިލުކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން މެންޓަލް ހެލްތު ނާސިންގް ގެ ދާއިރާއިންނެވެ. އަދި 2019 ގައި އިގިރޭސި ވިލާތުގެ އުނިވާސިޓީއަކުން މާސްޓާރޒް އޮފް ސައެންސް އިން ޕަބްލިކް ހެލު ސެޓިފިކެޓުވެސް ހާސިލުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: