ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު މިނިސްޓަރު ޗައިނާގެ ސަފީރާ ބައްދަލު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވަން ލިޒިން އާއި ހެލްތު މިނސްޓަރ ޑރ. އަބްދުﷲ ހަލީލް ބައްދަލުކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ބައްދަލުވުމުގައި މިނިސްޓަރ ހަލީލް ވަނީ ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ހަލީލް ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް ދެ ގައުމުން ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

ޗައިނާއިން ރާއްގެއަށް ކަނޑައަޅއްވާފައިވާ ސަފީރާއިއެކު ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް ބޭނުންތެރި އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: