ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ އިހުމާލެއް އޮތްތޯ ވެސް ބަލާނެ، މަކަރެއް ނަހަދާނަން: ނަސީމް

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ކޮވިޑް 19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމުގެ އިހްމާލެއްވޭތޯ ބެލުމަށްފަހު، މަގާމުން އިސްތިއުފާ ދިނުމާއި ދޭތެރޭ ގޮތެއް ނިންމަވާނެ ކަމަށް މިނިސްޓަރ ނަސީމު ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލައާއި ގުޅޭގޮތުން އާއިލާ އިން ބުނެފައި ވަނީ ރޭ 9:00 ހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ގުޅަމުން ދިޔަ ކަމަށާއި، އެމްބިއުލާންސް ދިޔައީ 11:40ގައި ކަމަށެވެ. މިޝްކާގެ މަރުގައި އައިޖީއެމްއެޗް އަދި އެޗްޕީއޭ އިހްމާލުވެފައިވާ ކަމަށް އާއިލާއިން ވެސް ވަނީ ބުނެފައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ އުމުރުން 10 އަހަރުގެ މިޝްކާގެ މަރުގައި އެބޭފުޅާގެ އިހްމާލެއްވޭތޯ ބެލުމަށް ތަހްގީގެއް ހިންގަވާނެ ކަމަށާއި، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހެލްތު މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމާއި ދޭތެރޭ ގޮތެއް ނިންމަވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިޝްކާ ނިޔާވުމުގައި ދިމާވި ކަންތައްތަކަށް ބަލައިރު، އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުން ލަސްވެފައިވާ ކަން ގަބޫލުކުރައްވާކަމަށް އެެއްބަސްވެވަޑައިގަންނަވައިފައެވެ. އަދި، އެމައްސަލަ ތަހްގީގު ކުރުމަށްފަހު، އެކަމުގައި އިހްމާލުވެފައިވާ މީހުންނާއި މެދުގައި ފިޔަވަޅު އަޅުއްވާނެ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފިއެވެ.

“ކަންތައްތައް ބަލަމުން މިހާރު މި ގެންދަނީ، އޭގެ ރިޕޯޓްތަކަށް ބަލާފައި…. ސީދާ އަޅުގަނޑުގެ އިހުމާލެއް ވޭތޯ ވެސް ބަލާނަން،، ބަލާފައި ތި ސުވާލަށް ޖަވާބެއް އަރުވާނަން” ނަސީމް

ކޮވިޑް 19 ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި، ބަލިޖެހިގެން ނިޔާވާ މީހުންނާއި މެދުގައި އެޗްޕީއޭއިން އިހްމާލުވެފައިވާ ކަމަށް ނިޔާވާ މީހުންގެ އާއިލާތަކުން ވަނީ ކުރިން ވެސް އެތައް ފަަހަރަކު ބުނެފައެވެ. ރޭ ނިޔާވި ތުއްތު މިޝްކާގެ މަރުގައި އެމްބިއުލާންސް ފޮނުވުން ލަސްވެ އިހްމާލުވެފައިވާތީ ހެލްތު މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެތައް ބަޔަކު ވަނީ މިނިސްޓަރ ނަސީމަށް ގޮވާލައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: