ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫގައި އައު ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ބަޔަކާއި ހަވާލު ކޮށްފަ: ހެލްތް މިނިސްޓަރ

ފ. ނިލަންދޫ ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ވާހަކަ ދައްކަވަނީ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިލަންދޫގެ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއި ކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ހަލީލް ވިދާޅުވީ ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ މުޅި އަތޮޅަށް އޭގެ ފައިދާ ކުރާނެ ގޮތަށް އަޅާ ހޮސްޕިޓަލެއް ކަމަށެވެ. ހަލީލް ވިދާޅުވީ އެކަމުގެ މަސައްކަތް ކުރުމަށްޓަަކައި އެމްއޯޔޫގައި ސޮއި ކުރެވިފައިވާއިރު އެކަމުގެ ތަފްސީލީ މަސައްކަތް ކުރުމުގެ މަރުހަލާގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް އެެއް އަހަރުތެރޭގައި ނިންމަވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި ޑައިލަސިސްގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށްހަމަޖެހިފައި ވާއިރު އެކަން ނިލަންދޫގައިވެސް ފެށިގެން ދާނެކަމަށް ހަލީލް ވިދާޅުވިއެވެ. އައު އިމާރާތާއި އެކު ސިއްހީ އެހެން ހިދުމަތްތައްވެސް ގާއިމު ވެގެން ދާނެ ކަމަށާއި އެކަންކަމުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނާއި ރަށުގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ކާރިސާއެއް ދިމާވެ ނުވަތަ ހާލަތެއް ކުރިމަތިވެއްޖެނަމަ ހޮސްޕިޓަލްތަކުގައި އެނދު ފަދަ ތަކެއްތި ނެތުމުން އެއްތައް މައްސަލަ އެއްދިމާވާ ކަމަށާއި އެހެންކަމުން އައު އިމާރާތާއިއެކު އެނދު އިތުރުވެގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ނިޒާމަށް ވަރަށްބޮޑު އަހަންމިޔަތު ކަމެއް ދެއްވާ ކަމަށާއި އަދި މީގެ އިތުރުން ރައީސް އެއްމެ މުހިންމު ކަމެއް ގޮތުގައި ބައްލަވަނީ އަވަހަށް ފަރުދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ. މީގެއިތުރުން ފަރުވާ ދިނުމުގެ ކުރިން ރައްޔިތުން ސަމާލުވާންޖެހޭ ކަންކަމަށްވެސް ރައީސް ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދެއްވާ ކަމަށްވިދާޅުވިއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މިއީ ނިލަންދޫއަށް ރައީސް ވަޑައިގެން ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ ރައީސްގެ ސަރުކާރުގައި ދާއިރާއާ މެދު ކުރިން ކަންތައްތައް ވި ގޮތަކަށް ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: