ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މާދަމާ!

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދިފަހުން ރަޖިސްކުރި ދަ ޑިމޮކްރެޓްސް ޕާޓީގެ މާގާމްތަކަށް މެމްބަރުން އައްޔަން ކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބު މާދަމާ އޮންނާނެ އެވެ.

މާދަމާ އޮންނަ އިންތިހާބުގައި ޕާޓީއަށް ރައީސަކާއި، ނައިބަކު ހޮވާނެ އެވެ. ޕާޓީގެ ރައީސްކަމަށް ވާދަކުރަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި، ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ.

ޑިމޮކްރެޓުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ކުރައްވަން ވަަޑައިގެންފައެވެ. އެގޮތުން އުތުރާއި ދެކުނަށްވެސް ވަޑައިގެން ބޮޑު ކެމްޕޭނެއް ކުރައްވާފައިވެއެވެ.

2 ޑިސެމްބަރ 2023 ވާދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ އެ ޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކާއި އިންތިހާބީ އޮފިޝަލުންގެ މައުލޫމާތު ވެސް މިހާރުވަނީ އާއްމު ކޮށްފައެެވެ.

އިންތިހާބު ކުރިއަށް ދާނީ ޑިސެމްބަރ 2 ވަނަ ދުވަހު ހެނދުނު 10:00 އިން ފެށިގެން، ހަވީރު 4:00 އަށެވެ. ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ވޯޓްލާ ނިމުނު ކަމުގައި ވިޔަސް، ވޯޓް ފޮށި ހުޅުވާ ގުނަންފަށާނީ 4:00 ގެ ފަހުން ކަމަށްވެސް އެ ޕާތީން ބުނެފައި ވެއެވެ.

ޕާޓީން ހަމަޖައްސާފައިވާ ވޯޓު ލިސްޓު ވޯޓު ފޮށި ކައިރީގައި އޮންނާނެ ކަމަށާއި، އަދި ލިސްޓުން އެކި މަގާމުތަކަށް ވޯޓްލުމުގެ ހައްގު ލިބޭ މެމްބަރުން ވަކިން އެނގެން ހުންނާނެ ކަމަށްވެސް ޑިމޮކްރެޓްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: