ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭކު ގައުމަކާއިއެކު އެއްބަސްވުމެއް ގާއިމުކުރި ޕެރަގުއޭގެ ސަރުކާރުގެ ވެރިޔަކު މަގާމުން ދުރުކޮށްފި

ޕެރަގުއޭގެ ގައުމީ ދިދަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކު މީހުން ހަދައިގެން އުޅޭ ގައުމަކާއިއެކު އެއްބަސްވުންތަކެއް ގާއިމުކުރި މައްސަލައެއްގައި ޕެރަގުއޭގެ ސަރުކާރުގެ އިސްވެރިޔަކު މަގާމުން ދުރުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ޕެރަގުއޭގެ ސަރުކާރުގެ އޮފިޝަލަކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ ފިލައިގެން އުޅޭ އިންޑިއާގެ ގުރޫއެއް އަމިއްލަ ހަދައިގެން އުޅޭ ވުޖޫދުގައިވެސް ނެތް ގައުމަކާއެވެ. އަދި އޭނާވަނީ ޕެރަގުއޭގެ އެހެނިހެން ބައެއް ސަރުކާރުގެ އޮފިޝަލުންވެސް އެކި މަޅިތަކުގައި ޖައްސާފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ޕެރަގުއޭގެ އޮފިޝަލަކު އެއްބަސްވުމެއް ގާއިމުކޮށްފައިވަނީ އިންޑިއާގައިވެސް މައްސަލަތައް ބަލަމުންދާ އިންޑިއާގެ ފޭކު ގުރޫއެއް ކަމަާށްވާ ނިތްޔަނަންދާ އަމިއްލައަށް ގާއިމުކޮށްގެން އުޅޭ ޔުނިއިޓެޑް ސްޓޭޓްސް އޮފް ކައިލާސާ އާއިއެކުކަމަށްވާއިރު، މި މައްސަލައިގައި މަގާމުން ދުރުކުރީ ޕެރަގުއޭގެ އެގްރިކަލްޗާ މިނިސްޓްރީގެ ޗީފް އޮފް ސްޓާފްކަމަށްވެސް ރިޕޯޓުކުރެއެވެ. 

ކައިލާސާގެ ނަމުގައި އުފައްދާފައިވާ ވެބްސައިޓުގައި ނިތްޔަނަންދާ ދައުވާކުރަނީ އޭނާއަދި ބައިވެރިންނަކީ ޒަމާންވީ އިންޑިއާގެ ދަރިފަސްކޮޅެއް އަލުން ދިރިގެން އައުމެވެ. އަދި އެކަން ކުރަމުންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބެހިގޮސްފައިވާ ހިންދޫއިންކަމަށްވެސް ވެބްސައިޓުގައި ބުނެފައިވެއެވެ. ފިލައިގެން އުޅެމުންދާ ގުރޫ ނިތްޔަނަންދާގެ މައްޗަށް އިންޑިއާގައި އެތައް ދައުވާ އެއް ކުރާއިރު އެ ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: