ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ސަލީމް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް، އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މެމްބަރަކީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަމަށް އެ ޕާޓީގެ ޕާލިމަންޓު ގުރޫޕުން ނިންމައިފި އެވެ.

ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށް ހުށަހެޅި މައްސަލައިގެ ގަރާރު މިއަދަށް ތާވަލު ކުރުމުން، މިއީ އެމްޑީޕީން ބަދަލު ހިފުމުގެ ރޫހުގައި ކުރިކަމެއްގެ ގޮތުގައި ފާހަގަކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެހެންވެ މަޖިލީހުގެ ނައިބު ރައީސެއް ކަނޑައެޅުމަށް، އެމްޑީޕީގެ ޕީޖީގެ ތެރޭގައި ހުޅުވާލުމުން ނަން ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން ސަލީމެވެ.

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުގައި، ސަލީމާއި ރޮޒެއިނާ ދެމެދު ހުރީ އެންމެ ތިން ވޯޓުގެ ތަފާތެކެވެ. އެގޮތުން ސަލީމަށް 26 ވޯޓު ލިބިވަޑައިގެންނެވި އިރު، ރޮޒެއިނާއަށް 23 ވޯޓު ކާމިޔާބު ކުރެވުނެވެ. އަދި ޖާބިރަށް ލިބިވަޑައިގަތީ 04 ވޯޓެވެ. ޕާޓީން ހިއްސާ ކުރި ޝީޓުން އެނގޭ ގޮތުން ދެ ވޯޓު ބާތިލެވެ.

މިއަދުގެ ނަތީޖާތަކުން ޖާބިރަށް މަދު ވޯޓެއް ލިބުނު ނަމަވެސް، އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ވެސް ވާދަކޮށް ގިނަ ވޯޓު އޭނާ ކާމިޔާބު ކުރި އެވެ.

މަޖިލީހުގެ ނައިބު ރައީސެއް ހޮވުމުގެ ވޯޓު ނެގުން އޮތީ މިރޭގެ 08:30 ގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: