ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މޭޔަރުކަމަށް ވާދަކުރަން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު އާޒިމާއަށް!

ޕީޕީއެމް-ޕީއެންސީގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރައްވަން އާޒިމާ ފޯމު ހަވާލުކުރައްވަނީ (ފޮޓޯ/ ކެމްޕެއިން ޓީމް)
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސ (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް އިތުރު ފަރާތަކުން ފޯމު ހުށަހަޅާފައި ނުވާތީ ޕްރައިމެރީއަކާއި ނުލައި ކުރީގެ ބަންޑަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އެ ކޯލިޝަނުގެ ޓިކެޓު ލިބިވަޑައިގެންފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޕީޕީއެމް/ޕީއެންސީން ބުނީ މާލޭގެ މޭޔަރުކަމަށް ވާދަކުރުމުގެ ޕްރައިމެރީއަށް ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ އާޒިމާ އެކަނި ކަމަށެވެ. ރޭ ފޯމު ހުށަހެޅުއްވުމަށް ފަހު މީޑިއަތަކާއި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާ ބޭނުން ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި މިއީ ސަރުކާރާއި އެކުގައި މަސައްކަތް ކުރާނެ މޭޔަރެއް އިންތިހާބު ކުރަންވީ ވަގުތުކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ، އެކަންކަން ރަނގަޅަށް އެނގޭ ހީވާގި މަސައްކަތް ކުރެވޭނެ ފެންވަރުގެ މީހަކަށްކަމަށް ގަބޫލު ކުރެވޭކަމަށާއި މާލެއަށް ދިމާވެފައިވާ އެތައް އިޖްތިމާއީ މައްސަލައަކަށް ހައްލު އަންނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ދިފާއުގައި އާޒިމާ ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް އިންތިހާބުވެއްޖެ ނަމަ އޭނާ ދެމި ހުންނާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެކު ކަމަށެވެ. އާޒިމާ ވަނީ ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައި ކުރެއްވީ ކާމިޔާބު މަަސައްކަތެއްކަން ފާހަގަކުރައްވައި، އެ ތަސައްވުރު ގެންގުޅުއްވާނެކަމަށް ވިދާޅުވެފަ އެވެ.

މާލޭހެ މޭޔަރުކަމާއި، ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކުގެ އިންތިހާބު ބާއްވާނެ ތާރީހު އަދި އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެކަމަށް ސިޔާސީ ޕާޓީތަކުން ވާން ޖެހޭ ތައްޔާރީތައް ފަށައި، ޕާޓީގެ ކެންޑިޑޭޓުން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވަނީ މިދިޔަ ސަރުކާރުގެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މިހާރު ވެސް ކައުންސިލްގެ މެމްބަރު ސައިފް ފާތިހު ވާދަކުރައްވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ކެންޑިޑޭޓަކީ އެމަނިކުފާނުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.

މިހާތަނަށް އައިއިރު އެހެން ޕާޓީއަކުން އިންތިހާބުގައި ވާދަކުރާކަން އިއުލާނު ނުކުރެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާނެކަމަށް ވެސް އެއްވެސް ކެންޑިޑޭޓަކު އިއުލާނުކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: