ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު އަހަރުފަހުން ގޯސްވި ރިޔާސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކާއި އެކި ފިކުރުގެ ސިޔާސީ ބޭފުޅުންގެ ކޯޅުންތަށް އެކި ސިފަސިފައިގައި ނުވަތަ އެކި ގޮތްގޮތަށް ރައްޔިތުން ދެކެފިއެވެ. ކޮންމެ ފަހަރަކީ ކޮންމެވެސް މޮޅު އާގޮތަކަށް އެކަން ކުރާފަހަރަކަށް ވެގެންދެއެވެ. ސިޔާސީ ވާދަވެރިކަން ޕާޓީ ތަކުގެ ދެމެދުގައި ވަނީ އޭގެ ސަބަބުން އެހެން ބަޔަކަށްވެސް އޭގެ ނެދެވޭ އަސަރުތަށް ފޯރާމިންވަރަށެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަކީ ނުފެތޭނެ ކަމަށް ބުނެ ހަރުދަނާ ރިވެތި އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން އައި ޕާޓީއެކެވެ. އެހެންނަމަވެސް އެމްޑީޕީގެ މާޒީ އަށް ބަލާލުމުން އެޕާޓިއަށް ދިމާވި މައްސަލަ ވަރަށް ރަނގަޅަށް ދެނެގަނެވޭނެއެވެ. މިއަދު އެމްޑީޕީ ކޮޅަށްހުރީ ވަރުގަދަ ކުރަންވެފައިވާ ބަލި ފައިތަކެއްގެ މައްޗަށް ކަމަށްވެސް ގިނަބަޔަކު ގަބޫލުކުރެއެވެ.

އެހެންނަމަވެސް ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެ ބަލި ފައިތަކުގެ މައްޗަށް ކޮޅަށް ހުރި އެމްޑީޕީން ވަރުގަދަ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފައިވާ މަޖިލީހެކެވެ. މަޖިލީހުގައި ބަސް ހިނގަނީ މިއަދު އެމްޑީޕީގެ މެންބަރުންގެއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ވަރުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ ތެރެއަށް ނިއުކްލިއަރ ބޮމެއްހެން އައިސް ވެއްޓުނީ ކުރިން ދެންނެވި ސިޔާސީ ވާދަވެރިކަމެއެވެ. ޕާޓީގެ ތެރޭގައި އެކި ބޭފުޅުންނާއި ދެބަސްވުން ތަކެއް ހިނގައި ނަތީޖާއަކަަށް ވެގެންދިޔައީ ޕާޓީ ރޫޅި ކުޑަ ޕާޓީ އަކާއި ބޮޑު ޕާޓީ އެއް އޮތުމެވެ.

އެހެންގޮތަކަށް ދަންނަވާނަމަ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ސުޕަރ ކަން ގެއްލި މެޖޯރިޓ ޕާޓީ އެމްޑީޕީީ އަކާއި މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސް މަޖިލީހުގައި ފޯރިއާއިއެކު ބަހުސް ކުރަންފެށުމެވެ. ޕާޓީ ދެބައިވެ ނިކަން ބާރު ސްޕީޑެއްގައި މަޖިލީހުގެ މައި ދޮރުން ސިޔާސީ ކޯޅުން އައިސްވަނީ މެޖޯރިޓީ އާއި މައިނޯރިޓީ މަޖިލީހުގައި ތަޅާ ފޮޅާހާ ހޫނުމިނުގައެވެ. ހަތަރު އަހަރުވަންދެން އިއްޒަތްތެރި ރައިސް ކަމަށް ވިދާޅުވެ މަޖިޅީހުގެ ރިޔާސަތުން ވިދާޅުވި ގޮތަކަށް ރާޒުވާކުޅިބައި އަތުރަމުން އައިސް ކުޅިބައި ބަދަލުކޮށްލަން ވިސްނުނީވެސް ހަމަ އެ ބޮމުގެ ސަބަބުންނެވެ.

ރައްޔިތުންގެ ހައްގުތަށް ކަށަވަރުވާކަމަށް ވިދާޅުވެ މަޖިލިސް މޮޅު ކަމަށް ދައްކަމުން އައި ނަމަވެސް ހަތަރު އަހަރު ފަހުން އެ މޮޮޅުކަން ގެއްލި އަމިއްލަ މަސްލަހަތެއް އިސްކުރާ ކަމަށް ވިދާޅުވެ ދެ ޕާޓީންވެސް ދިމިގްރާތީ ރިވެތި އުސޫލުތަކުގެ މައްޗަށް ފައިންއަރާ ކަފުންކޮށްލީ އޭގެ ވާހަކަ އެންމެ މޮޅަށް ދައްކަމުންނެވެ. ހަތަރު އަހަރުގެ މުއްދަތެއް ނިމުމުންދެން ހޭވެރިކަންވެ ރިޔާސަތަށް ނޫނެކޭ ވިދާޅުވީ 49 މެންބަރުންގެ ސޮއި އާއި އެކުއެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށައެޅުމުން ދެން އެ މައްސަލަ މަޖިލިސް ތަޅުމުގައި ތާށިވެފައި އޮތީ ކުރިއަށް ބަހުސްކުރުމަށް މުހިންމު ބިލްތަކެއްވެސް އޮއްވައެވެ. ރިޔާސަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި މަހެއްހާ ދުވަސް ވަންދެން ރިޔާސަތު ބަލަހައްޓާނެ ފަރާތެއްވެސް ނުވީއެވެ. މެޖޯރިޓީން ބުނަމުން އައީ ރިޔާސަތުގެ އިތުބާރުނެތި މަޖިލީހުގައި އެހެންމަސައްކަތެއް ކުރުމަށް ޖާގަ ނުދޭނެ ކަމަށެވެ. މައިނޯރިޓީން ހިފާލީ ކޮންމެ ހާލެއްގައިވެސް ރިޔާސަތު ދޫނުކުރުމަށެވެ.

މި މައްސަލައިގައި މަޖިލީސް މަހެއްހާ ދުވަސްވަންދެއް ޕެރެލައިޒްވެ ވަކިވެފައިވާ ބާރުތަައް އެއްބާރު އަނެއް ބާރުގެތެރެއަށް ވަނުމަށް ޖާގަދިނެއެވެ. މަޖިލީހުގެ މައްސަލަ ދެންގޮސް ސުޕްރީމް ކޯޓުގެ އެތެރެއަށް ވެއްދީ މައްސަލައަށް ހައްލެއްހޯދައިދެއްވުމަށް ބުނެއެއެވެ. ގާނޫނާއި ގަވައިދުތައް ފެށިގެން ނިމެންދެން ބެލި ނަމަވެސް އެކަމަށް ހައްލެއް ލިބޭގޮތެއް ނުވިއެވެ. މަޖިލީހުގެ ނައިބު ނެތަސް މައްސަލަ ކުރުިއަށް ގެންދެވޭނެ ކަމަމށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއެކު ރިޔާސަތުން އެކި މޫނުތައް ފެންނަންފެށިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕީޖީން ގަދަހިފުމަކަށް ވެސް ދާން ތައްޔާރަށް ހުރި އިރު އެންމެ ފަހުން މަޖިލިސް ތަޅުމަށް ވަޑައިގެން ރިޔާސަތުން އިސްތިއުފާ ދެއްވީ ރައްޔިތުންނަށްޓަކައެވެ. ހަތަރު އަހަރުވަންދެން މަޖިލީހުގައި މަސައްކަތް ރަނގަޅަށް ހިނގިކަމަށް ގަބޫލު ކުރެއްވި ނަމަވެސް ފިކުރު ބަދަލުވި ހިސާބުން މަޖިޅީހުގެ ރައީސް އާއި ހިސާބަށް މައްސަލަ ނިންމީއެއްނޫނެވެ. އަނެއްކާވެސް އެމްޑީޕީގެ ޕީޖީގެ 50 މެންބަރުންގެ ސޮއި އާއިއެކު މަޖިލީހަށް ގަރާރެއް ހުށައެޅީ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރެއް ނެތް ކަމަށް ބުނެއެވެ.

މިމައްސަލާގައި އިތުރު ކޯޅުމަކަށް ނުގޮސް ނައިބުރައީސް ކަމުން އީވާވެސް އިސްތިއުފާ ދެއްވިއެވެ. ހަތަރު އަހަރު އެކުގައި މަސައްކަތްކޮށް ފިކުރާއި ހިޔާލު ބަދަލުވުމުން ގޮނޑި ދިން ފަރާތުން ގޮނޑި އަތުލީ އަމިއްލަ މަސަލަހަތު އިސްކޮށް ކަމަށްވެސް ބުނެވިދާނެއެވެ. ފެނިގެން ދިޔަ މަންޒަރަކީ ހަތަރު އަހަރު ރުހުމުގެ ލޮލަށް އައިބު ނުފެނި އެހެންނަމަވެސް ފިކުރު ބަދަލުވި ހިސާބުން އައިބުތަށް ގިނަވެ ޖަޒުބާތުގައި ޖެހިގެންދިޔަ މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: