ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި: އަބްދުއްރަހީމް

އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނާ ވާހަކަތައް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ކަށަވަރުކޮށްދެއްވައިފިއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަބްދުއްރަހީމް ވަނީ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ އާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އިދިކޮޅުގައި ތިބެގެންވެސް ޕީޕީއެމް ޕީއެންސީއިން ދައްކާފައިވަނީ ރަނގަޅު ވާހަކަތައް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ދަންނަވާފައިވާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަކަމަށެވެ. އަދި ރާއްޖޭގައި ސިފައިން ތިބިކަން އެއީ ކަށަވަރު ވާހަކައެއްކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދިޔައީ ނެތްކަމަށް ބުނެ އޮޅުވާލައި ދޮގު ހަދަމުންކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ގާއިމުކުރުމަށް ރައްޔިތުން ވޯޓު ދިނީ އެކަންކަން ސާފުވާތީކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަށް ވޯޓު ދިނީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރިވެ ވައުދުތައް ނުފުއްދުމުންކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިތާ ތިން ހަފްތާ ނުވާކަމަށާއި އެހެންނަމަވެސް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މުޅި ދުވަހު ކުރިޔަށް ގެންދެވި ކެބިނެޓު ބައްދަލުވުމަކަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުގެ ގިނަ ސުވާލުތައް އަމާޒުވީ އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުންނެވެ. އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކި ރަސްމީ އިދާރާތަކުން ލިބޭ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމާއި އެކު ލިޔެކިއުންތައް ދިރާސާ ކުރަމުން ދާކަމަށެވެ. އެކަމަކު މިވަގުތަށް ޔަގީންވެފައިވާ އެއްކަމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރިމެންޓުތައް އިންޑިއާއި އެކު ހަދާފައިވުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ތުރުކީވިލާތާއި ކޮޕް ސަމިޓުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަހު ވެސް މީޑިއާތަކާއި ބައްދަލުކޮށް ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަަސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: