ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެވޭނީ، އުސޫލުން ބޭރުން ކަންކަން ކޮށްދޭން އެދުން ހުއްޓާލުމުން: ރައީސް ޑރ މުއިއްޒު

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދުކުރެވޭނީ، އުސޫލުން ބޭރުން ކަންކަން ކޮށްދޭން އެދޭ އެދުން ހުއްޓާލުމުންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާ ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ކޮރަޕްޓުވުމޭ ބުނެވެނީ ރަނގަޅު ގޮތް ދޫކޮށްލާ، ތިމާއަށް ލިބިފައިވާ ބާރެއް ނަހަމަ ގޮތުގައި ބޭނުންކުރުމުންކަމަށެވެ. މިކަމަށް ނޫނެކޭ ބުނުމަކީ އަމިއްލަ ނަފްސަށް ހޯދައިދޭނެޖެހޭކަމެއްކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރު ހިނގާނީ ކޮރަޕްޓްނުވެ ކަމަށް ފާހަގަކޮށް ރައީސް ޑރ މުއިއްޒު ވިދާޅުވީ ކޮރަޕްޝަން ހިންގާކަމަށް ސާބިތުވާ ކޮންމެ މީހަކަށް އެމަނިކުފާނުގެ ވެރިކަމުގައި ފިޔަވަޅު އަޅާނެކަމަށެވެ.

ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މުހިންމު، ކާމިޔާބު މަސައްކަތްތަކެއްކޮށްފައިކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި މި ސަރުކާރުގެ އެއްބާރުލުން ލިބޭކަމުގެ ޔަގީންކަން ރައީސް ޑރ މުއިއްޒު ދެއްވިއެވެ. ގައުމުގެ އިޖްތިމާއީ ހަރުގަނޑުން މައްޗަށް އެރުމުން ތެދުވެރިކަމާއިއެކު ކަންކަން ކުރިއަށްދާނެކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ ތިމާ އަމިއްލަ ނަފްސާ ހިސާބުން ފެށޭކަމެއް.
ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އުސޫލުން ބޭރުން ކަންކަމަށް ނޭދުމަކީ ކޮރަޕްޝަނަށް ހުޅުވޭ އެންމެ ފުޅާ ދޮރު ބަންދުކުރެވޭނެ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހިދުމަތްދޭ މީހާއަށް އުސޫލުން ބޭރުން ކަންކަން ކުރަން ނުޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާންޖެހޭކަން މިއަދަށް ހާއްސަކޮށްފައިވާ ޝިއާރުންވެސް އެނގޭކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ހަގީގަތުގައި ކޮރަޕްޝަނަކީ، ދިވެހިންނާއި، ދިވެހީންގެ ރާއްޖެއާއި ވަރަށް ބީ ރައްޓެހި އެއްޗެއް، ދިވެހި ތާރީހުގެ ފަތް ފުށްތަކަށް ބާލަލުމުން ފެންނަން ވަރަށް ރީތި މިސާލުތައް މިކަމުގައި އެބަހުރި، ފަހަރެއްގައިވެސް ދެރަ ކަންކަން ވެފަ ނެތެކޭ ނޫން. ގޯސް ކަންކަން ހިނގާފައި ނެތެކޭއެއް ނޫން.
ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ބައެއް ކަންކަން ގޯސްކޮށް ހިނގާފައި ހުރި ނަމަވެސް، ކޮރަޕްޝަނަކީ ރާއްޖެއާއި ވަރަށް ބީރައްޓެހި އެއްޗެއްކަމަށެވެ. މިކަންކަމަށް ރީތި މިސާލުތައް ދިވެހި ތާރީހުން ފެންނަން އެބަހުރިކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ވެރިކަމުގެ ބާރުތަކުން ފަނޑިޔާރުގެ މިނިވަން ވެފައިވާކަން ފާޙަގަކޮށް ތައުރީފުކޮށްފައިވާ އިބުނު ބަތޫތާފަދަ ބޭރުގެ މުއައްހިރުންގެ ލިޔުންތައް ފެންނަން އެބަހުރިކަން ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އިތުރު ހަރުދަނާ ސިފަތައްވެސް ފެންނަން އެބަހުރިކަމަށް ވިދާޅުވިއެވެ.

ބޭރު ދުނިޔޭގެ އިތުބާރު ހޯދުމަށް ރިވެތި އަހުލާގާއި، ތަހުޒީބު ދިރިއުޅުމެއް ރާއްޖެއިން ދެމެހެއްޓުން މުހިންމުކަމަށް ފާހަގަކުރައްވާ ރައީސް ޑރ މުއިއްޒު ވިދާޅުވީ ކޮރަޕްޝަންފަދަ ނޭދެވޭ ކަންކަން ރާއްޖެއިން ނައްތާލަންޖެހޭކަމަށެވެ. އެގޮތުގެ މަތިން ފަތުރުވެރިކަމާއި އެހެންކަންކަމަށްވެސް އެހީތައް ލިބި، ގައުމު ތަރައްގީވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: