ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވާލައިފި

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު. ފޮޓޯ: އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އުވާލައްވައިފިއެވެ.

މި އުސޫލު އުވާލިކަން ގެޒެޓުގައި މިހާރު ވަނީ ޝާއިރުކޮށްފައެވެ. އުސޫލު އުވާލާފައިވަނީ 6 ޑިސެމްބަރުގައެވެ.

މިއީ ކުރީ ސަރުކާރުގައި އެކުލަވާލި އުސޫލެކެވެ.

މި އުސޫލު އުވާލުމުގެ ބޭނުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ބިޑް ކުރުމުގެ އުސޫލު ވީހާ ވެސް ބޮޑަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުންކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ.

މިހެން މި އުސޫލު އޮތުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާކަމަށާއި، ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ބިޑްތައް ދިނުމުގެ ފުރުސަތު އޮންނަކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އަބަދުވެސް އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: