ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ހަފްތާ ދަތުރު ހަރަދަކީ 4.5 މިލިއަން: ފިނޭންސް

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ރިޔާސީ ދައުރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސަރުކާރުން ދަތުރުފަތުރުކުރުމަށް 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހިއްސާކުރާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުގައި ސަރުކާރުންވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ބޭނުންތަކުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ރިޕޯޓުގައިވާގޮތުން އެ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވަނީ 39.55 ބިލިއަން ރުފިޔާއެވެ. ނޮވެމްބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ރިޕޯޓުގައި މި އަދަދުވަނީ 40.06 އަށް އިތުރުވެފައިކަމަަށްވުމުން 0.51 ބިލިއަން ރުފިޔާ އައު ދައުރުގެ ފުރަތަމަ ހަފްތާގައި ބަޖެޓުން ބޭނުންކޮށްފައިވާކަން ފެނިގެންދެއެވެ.

ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ފައިސާގެ ގޮތުގައި ޖުމުލަ ގޮތެއްގައި ދައުލަތަށް ލިބިފައިވަނީ  20.91 ބިލިއަން ރުފިޔާކަމަށްވާއިރު 23 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ރިޕޯޓުގައި މި އަދަދުތައް 21.18 ބިލިއަނަށް އިތުރުވެފައިވެއެވެ.

އައު ސަރުކާރުން ހަވާލުވުމަށް ފަހު ހިނގި ފުރަތަމަ ހަފްތާގެ ތެރޭގައި ޓެކްސް ފައިސާގެ ގޮތުގައި ދައުލަތަށް 0.27 ބިލިއަނާއި ގާތްކުރާ އަދަދެއް ލިބިފައިވެއެވެ. ރިކަރެންޓު ހަރަދުގެ ގޮތުގައި 16 ވަނަ ދުވަހުގެ ނިޔަލަށް 26.80 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 23 ވަނަ ދުވަހުގެ ނިޔަލަށް ޝާއިއުކޮށްފައިވާ ރިޕޯޓުގައި މިއަދަދަށް 0.31 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

ރާއްޖޭގައި މި ވަގުތު ގިނަ އަދަދެއްގެ މަޝްރޫޢޫތައް ހިންގަމުންދާއިރު ޕީއެސްއައިޕީގެ ގޮތުގައި ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް 9.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އައު ރިޔާސީ ދައުރު ފެށިގެންދުމަށްފަހު ހިނގި ފުރަތަމަ ހަފްތާގެ ތެރޭގައި މި އަދަދުވަނީ 10.42 ބިލިއަނަށް އިތުރުވެފައެވެ. އެހެންކަމުން ހަފްތާއެއްގެ ތެރޭގައި ޕީއެސްއައިޕީއަށް 1.16 ބިލިއަން ހޭދަކޮށްފައިކާން ފިނޭންސްގެ ރިޕޯޓުތަކުން ފެނިގެންދެއެވެ.

ފުރަތަމަ ހަފްތާގައި ސަރުކާރުން ދަތުރުފަތުރުކުރުމަށް .4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ފިނޭންސްއިން ހިއްސާކޮށްފައިވެއެވެ. އެގޮތުން ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 215 މިލިއަން ކަމަށްވާއިރު 23 ވަނަ ދުވަހުގެ ނިޔަލަށް މިއަދަދުވަނީ 219.5 މިލިއަނަށް އިތުރުވެފައެވެ. ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއް އެފަދަ ވަސީލަތްތައް ހޯދުމަށް ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް 414.1 މިލިއަން ހަރަަދުކޮށްފައިވާއިރު 23 ވަނަ ދުވަހުގެ ރިޕޯޓުން ދައްކާގޮތުން ސަރުކާރުންވަނީ މި މަސައްކަތްތައް ކުރުމަށް ފުރަތަމަ ހަފްތާގައި 15 މިލިއަން ހަރަދުކޮށްފައެވެ. އެގޮތުން 23 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 429.1 މިލިނަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ބިންހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށް އައު ރިޔާސީ ދައުރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 172.5 މިލިއަން ހަރަދުވެފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން 16 ވަނަ ދުވަހުގެ ނިޔަލަށް 1020.3 މިލިއަން ހަރަދުކޮށްފައިވާއިރު 23 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުންވަނީ 1192.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިކަމަށްވެސް ތަފާސް ހިސާބުތަކުގައި ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: