ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިއަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމަ އެއާއެކު ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް ޢިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކަށްވާނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިއަހަރުގެ ޝިއާރު “ޔުނައިޓިންގ ދަ ވަރލްޑް އަގެއިންސްޓް ކޮރަޕްޝަން” ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއްޅުއްވައިލެއްވިއެވެ. އެގޮތުން މި ޝިއާރުންވެސް އެނގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާންޖެހޭކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، އެއްވެސް ފަރުދަކު އެ އޮންނަ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ގައުމުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް އަމާނަތްތެރިވުމަށާއި، ފަރުވާތެރިވުމަށާއި، އިހްލާސްތެރިވުމަށާއި، ދީންވެރި ހިތެއްގެ ވެރިއަކަށްވުމަށް ރައީސް ބާރު އެޅުއްވިއެވެ.

ރައީސް ވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފައެވެ. މި އެކަޑަމީގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަނާއި، އިގްތިސާދީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމެވެ.

މިއަދުގެ ޖަލްސާގައި ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ގައުމީ ފެންވަރުގެ ދިރާސާ “ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ 2023” ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: