ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް މިއަހަރުގެ މެދުތެރޭގައި ހިނގާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް މިއަހަރުގެ މެދުތެރޭގައި ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. އައިޖީއެމްއެޗް އަށް ބެލި ނަމަވެސް އެތަން އޮތްގޮތް ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރަންޖެހޭ ކަމަށާއި މި އަހަރުގެ މެދުތެރެއިން އެކަން ކުރުމަށް ޕްރޮގްރާމެއް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަމްރީނު ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ތެރޭގައި ބޭރަށް ތަމްރީނުތަކަށް ފޮނުވުމާއި، ސަރުކާރު ހޮސްޕިޓަލްތަކަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނަރުހުންނާއި ޑޮކްތަރުންގެ ތެރެއިން ރިޓަޔަރ ކޮށްފައި ތިބޭމީހުން ގެނައުމަށްވެސް ހާއްސަ ސްކީމެއް ތައާރަފްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކެޕޭސިޓީ ބިލްޑް ކުރަން މި ޖެހެނީ.. ހިއުމަން ރިސޯސް އިތުރުކުރަން މިޖެހެނި.. އޭރުން ޑޮކްޓަރުން ބާން އައުޓްވެ ގިނަ ވަގުތު މަސައްކަތް ކުރަންޖެހި ފަރުވާކުޑަވާގޮތްވުން މަދުވެގެންދާނެ.. އަދި ހޮސްޕިޓަލްގެ ނިޒާމުގެ ތެރޭގައިވެސް މޮނިޓަރިންނާއި ސަޕޯޓް ސާވިސް ވަރުގަދަކުރެވިގެންދާނެ ޖެހޭނެ

އެހެންކަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުގައި ހުރި ހުރިހާ ހޮސްޕިޓަލެއްގެ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ހެލްތު މިނިސްޓްރީން ގުޅިގެން ރަށްރަށުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޓަރޝިއަރީ ހޮސްޕިޓަލްތަކުގައިވެސް މިހާރު ދަނީ ހިދުމަތްތައް ވަރުގަދަ ކުރުމަށްތަކައި މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ވިދާޅުވީ މިހަރަުގެ ތެރޭގައި ސިއްހީ ނިޒާމުން ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: