ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ނިމުމުގެ ކުރިން ބޭސް ފަރުވާއަށް ތައިލެންޑާއި، ޔޫއޭއީއަށް ދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ނިމުމުގެ ކުރިން ބޭސް ފަރުވާއަށް ތައިލެންޑާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސޭނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ “ސަންގަށް” ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ރައިސް އަރިހުން ނޫސްވެރިޔާ ކުރި ސުވާލަކީ، ޑުބާއީ އަދި ތައިލެންޑް ފަދަ ގައުމުތަކަށް ބޭސް ފަރުވާއަށް ރައްޔިތުން ފޮނުވުމަށް ވެވަޑައިގެން ވައުދާއި އެއްގޮތަށް އެކަން ކުރަން ފެށުމުން ދައުލަތަށް އެ ހަރަދު ކަތާނެތޯއެވެ.

ޖަވާބުގައި އާއެކޭ ވިދާޅުވެ ރައީސް ފާހަގަކުރެއްވި ގޮތުގައި މިނިސްޓަރަށް މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ނުކުރެވުނީ ތަފްސީލް ތައްޔާރު ނުވާތީއެވެ. އާސަންދައާއި، އެންސްޕާ އަދި ފިނޭންސް މިނިސްޓްރީއާއިއެކު މިނިސްޓަރުގެ ބެލުމުގެ ދަށުން މި މަސައްކަތްތައް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިކޮނޮމިކް ކައުންސިލްގެ ބައިވެރިވުންވެސް މި މަސައްކަތުގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ޔޫއޭއީ އަދި ތައިލެންޑަށް ބޭސް ފަރުވާއަށް އާސަންދައިގެ ދަށުން ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔޫއޭއީ އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން މީޑިއާތަކަށް ދެއްވި ސްޓޭޓްމަންޓުގައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ހޯދުމުގައި ވަކި ގައުމެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ.

އެގޮތުން ޔޫއޭއީ އަދި ތައިލެންޑަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ހަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވައުދާއި އެއްގޮތަށް، އެ މަސައްކަތް ފަށައި އާސަންދަ ކުންފުނިން ބުނީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އާސަންދައިން ބުނީ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލި މީހުން ފޮނުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވުމާއިއެކު އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާއިއެކު ދަނީ ކުރިޔަށްކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: