ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ދަރިވަރުންގެ އިމްތިހާނު ތާރީހަށް ބަދަލެއް ނާންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވާގޮތަށް ދިރާސީ އައު އަހަރު ޖެނުއަރީ މަހު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ ޖެނުއަރީ މަހު ދިރާސީ އައު އަހަރު ފެށުމަކީ އެމަނިކުފާނު ވެވަޑައިގެން ވައުދެއްކަމަށާއި އަދި ރައްޔިތުންވެސް ބޭނުން ވާގޮތަކީ އެއީ ކަމަށެވެ. އެހެންކަމުން 2026 ފެށުމުން ދިރާސީ އަހަރު ޖެނުއަރީގައި ފެށޭގޮތަށް ބަދަލު ކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލު އައުމުން ކުދިންގެ އިމްތިހާނުގެ ތާރީހުތަކަށް ލޮޅުމެއް އައިސްފައިވާކަމަށެވެ. އެހެންކަމުން ދެ އިމްތިހާނެއްގެ ތާރީހް އަވަސް ކުރަންޖެހުނު ކަމަށާއި އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓަރ އާއި މަޝްވަރާކޮށް އިމްތިހާން ލަސްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދަތި ނުވާގޮތަށް ކަންކަން ކުރުމަށް ކަމަށެވެ.

“ދަތި ނުވާގޮތަށް ވީހާވެސް ކުދިންނަށް ބެލެނިވެރިންނަށް ފަސޭހަކޮށް އިމްތިހާނުތަކާއި ކުޅިވަރު އެކްޓިވިޓީސްތަކާއި ކަލަންޑަރ ހަމަޖައްސައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރަނި.. އެހެންވީމާ އަސްލު ނުބައި ޑިޒިޝަންއެއް ކުރިން ނެގުނީމަ ދިމާވެފައިއޮތް ކަމެއްމީ.. ހައެއްކަ މަސް ކުދިންގެ ހަޔާތުން ގެއްލިފައިމިވަނީ.. ކުރިއަށް އޮތްތާ އެ ނުބައި ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ”

ރައީސް ވިދާޅުވީ މަސައްކަތްކުރައްވަނީ ޓީޗަރުންނާއި ބެލެނިވެރިންނާއިީ ވަރަށްގާތުން ކަމަށެވެ. އަދި ޑޯޓުޑޯ ގައޮ ގޭގެއަށް ޒިޔާރާތް ކުރެއްވި އިރުވެސް ބައެއްބެލެނިވެރިންގެ ފަރާތުން އިމްތިހާނު އަވަސްވިކަމުގެ ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ހައްލު ކުރުމަށް ނުވަތަ ކުރިން އޮތް ގޮތަށް އިމްތިހާނަށް އެއްވެސް ބަދަލެއް ނުގެނެނެއުމަށް އެޑިއުކޭޝަން މިނިސްޓަރ އަރިހުން ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ކުރިއަށް ގެންދަނީ ވަރަށް ގާތުން ބައްލަވައިގެން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: