ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ރައްޔިތުންނަށް ސަރުކާރަށް ދެވޭނެ އެހީތެރިކަމަކީ މަޖިލިސް އިންތިހާބު ސަރުކާރަށް ކާމިޔާބު ކޮށްދިނުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރައްޔިތުންނަށް ސަރުކާރަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމަކަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ ރައްޔިތުން އެމްނިކުފާނަށް ހަވާލުކޮށްދެއްވި މަސައްކަތް ކުރުމުގައި ހުންނެވީ ވަރަށް ސާބިވެކަމަށެވެ. ސަރުކާރަށް ހަތަރު މަސްވީ ނަމަވެސް ޒިންމާދާރު ނޫން އޮޕޮޒިޝަނަކުން އެތަކެއްކަން ކަމެއް ކުރިމަތި ކުރުވަމުން އައި ކަަމަށާއި އަދި އެކަންކަން އެހެން ވާނެ ކަމަށް ގަބޫލުކުރައްވައި ޗެލެންޖެއްގޮތައއް ނެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިމަސައްކަތް ކުރީ ރައްޔިތުންނާއި އަދި ސަރުކާރުގެ ޓީމާއި އެކޮށްކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮޮތް ދުވަސްތަކުގައި ރައްޔިތުންގެ އިތުބާރާއި އެކު ރައްޔިތުންނަށް ވެވަޑައިގަތް ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރު ދަމަހައްޓާނެ ކަމަށެވެ. ވައުދުތައް ފުއްދަމުން ގެންދަވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ރައްޔިތުން ސަރުކާރަށް ދޭން ޖެހޭ އެހީތެރިކަން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: