ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މީހެއް ފްލެޓު ލިސްޓުން އުނިވާން ބޭނުމެއް ނޫން، ލަސްވުމެއް އައީ އޭސީސީގެ ތަހުގީގެއް ދާތީ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފަސް އަހަރު ނިމިގެންދާއިރު، ދިވެހި ހުރިހާ ރައްޔިތުންނަށް ގޯތި ގެދޮރު ކަށަވަރުވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ފްލެޓުތަކާއި ގުޅިގެން، ކުރި ސުވާލަށް ރައީސް މި ޖަވާބުދެއްވީ “ސަންގަށް” ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު، ގޯތި ނުވަތަ ފްލެޓު ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު ނުތިބޭނެކަމަށެވެ. ލިސްޓުގައިވާ މީހުންނަށް ގޯއްޗާއި ފްލެޓުތައް ލިބޭނެކަމަށާއި، އަމަލީ ގޮތުން މަސައްކަތް ލަސްވަނީ ބިން ހިއްކާ ނުނިމޭތީކަމަށް ރައީސް ވިދާޅުވިއެވެ. ހިއްކިފައިވާ ބިންތަކުން ގޯތިތައް ދޫކުރާނެކަމަށް ވިދާޅުވެ، ގުޅީފަޅާއި، ހުޅުމާލެ ރައީސް ފާހަގަކުރެއްވިއެވެ.

މިސާލަކަށް، އެޗްޑީސީއިން އެދަނީ ވަރަށް ބައިވަރު ކުރިއަށް، ބިން އެއްވަރުކޮށް ބޮޑު ވެލި ފުނިތަކާއި މިކަހަލަ ތަންތަން ހުރީ ގޯތި ދިން ތަންތާގައި. އަނެއް ބައި ތަންތާ ހުރީ ގޯތިތައް ބަހާލި އިރުގައި ޗާޓު ހަދާއިރު، މަގަށްވެސް އަރާފަ. އެހެންމަ، އެ ޝިފްޓް ކުރުމާއި، ބައެއް ތަންތަނުން، ތާރު ކަނޑައިގެން އެބަ ޖާގަވެސް ހަދާ.

ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ގޯތިތައް ބެހުމުގައި، ތަންތަން ދީފައި ހުރި ގޮތުގެ ސަބަބުން ފުށުއެރުންތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގައި ލަސްތަކެއް އެބަހުރިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުންތަކެއް މި މަޝްރޫއުގައި އެބަހުރިކަމަށެވެ. މިކަމުގެ ސަބަބުން ލަސްތަކެއް ދިމާވި ނަމަވެސް، އެވާހަކަތައް ދައްކަވަން ރައީސް ވަނީ ދެކޮޅު ހައްދަވާފައެވެ.

ފްލެޓުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބެލުމަށްފަހު، ރިޕޯޓު ނެރުމުން ކޮންމެސް ވަރެއްގެ ލަސްތަކެއް އައިސްފައިވާކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވިއެވެ. އޭސީސީއަކީ މިނިވަން މުއައްސަސާއެއްކަމުން އެ ހައިސިއްޔަތުން ކުރިއަށް ގެންދިޔަ ތަހުގީގަކަށް، އެމަނިކުފާނަކީ ގާނޫނު ނަގަހައްޓަން ޖެހޭ މީހެއްކަމުން ގޮތް ނުކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ތަހުގީގާއިމެދު ގޮތް ނިންމުމަށް މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ކުރީގައިވެސް ކަން ކުރާ ގޮތަކީ މިއީކަމަށާއި، އޮޅުވާލައިގެން ކުރާ ކަންކަން ހާމަވުމުން އެކަން ހުއްޓުވާކަމަށް ފާހަގަކޮށް ރައީސް ތާރީހު ހިއްސާ ކުރެއްވިއެވެ. އެގޮތުން ފާހަގަވާ މީހުންނަށް ހަވާލުކުރެވޭނެކަމާއިމެދު ޔަގީންކަމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އާ ސްކީމްތަކުގެ ދަށުން އެންމެންނަށްވެސް ގޯތި ގެދޮރު ނުލިބޭ މީހެއް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: