ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ސަރުކާރުން ގުރައިދޫގެ ބިމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން ގުރައިދޫގެ ބިމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ގުރައިދޫގައިވެސް ނިމިދިޔަ ސަރުކާރުން ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެނގޮސްފައި ވާކަމަށެވެ. އެހެންނަމަވެސް އެއީ ރަށުގެ ރައްޔިތުން ގާތުން އަހައިގެން ނުވަތަ ރައްޔިތުން ބޭނުންވި ގޮތް ބަލައިގެން ކޮށްފައިވާ ކަމެއް ނޫންކަމަށް އެރަށުގެ ކައުންސިލުން ވިދާޅުވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި މި ސަރުކާރުން ކަން ކުރަންބޭނުންވަނީ އެހެން ނޫންކަމަށާއި ރައްޔިތުނ ބޭނުންވާގޮތް އޮޅުން ފިލުވަން ބޭނުންފުޅު ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާގޮތައް އެކަމެއް ވަންދެން އެ މްޝަރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައްފަހު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ގުރައިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ގުރައިދޫގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ގުރައިދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، ބިން ހިއްކައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކުރިން ބިން ހިއްކާފައިވާ ގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ.

ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމު އަލުން އަޅައިދެއްވުމަށާއި، ފުލުހުންގެ އާއިމާރާތެއް ބޭނުންވާކަމަށާއި، ބަނދަރުގައި ހުރި މައްސަލަތައް ކައުންސިލުން ރައީސް އަށް ވަނީ ހުށައަޅުއްވާފައެވެ. ހަމަ އެއާއެކު ސިއްހީ މަރުކަޒުގެ އާ އިމާރާތް ނިމިގެން ދާއިރު އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެ ކޮމިޓީއަށް އިތުރު އާމްދަނީ ލިބޭނެ މަގެއް ތަނަވަސްވުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގުރައިދޫގެ ބިން ހިއްކޭނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ވަކި ވަކި ކަންކަމަށް އަލިއަޅުވާލައްވައި އެކަމަށް އޮތް ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: