ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް ޕީއެންސީއަށް!

ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް ޕީއެންސީއަށް ސޮއި ކުރެއްވުން/ ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ނަޖްމީން ވެރިކަން ކުރާ މައި ޕާޓީ ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފި އެވެ،

ޕީއެންސީއަށް މެމްބަރުން އިތުރުކޮށް، ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކަމަށްވުމާއި އެކު ޕާޓީގެ ސިޔާސަތުތަކުގެ ދަށުން ހަރަކާތްތައް ފަށާފައިވާއިރު ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕީއެންސީއާއި ގުޅެމުންނެވެ.

ޕާޓީއަށް ސޮއި އިތުރު ކުރުމުގެ ތެރެއިން، ނަޒްމީން ޕީއެންސީއަށް ސޮއި ކުރައްވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ، އޭނާގެ މެމްބަޝިޕް ފޯމާއި ޕީއެންސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޕީއެންސީގެ ސެނެޓު މެމްބަރ އަދި މާލެ ސިޓީ ކައުންސިލް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެކްޓިން މޭޔަރ އަހުމަދު ނަރީޝެވެ.

ޕީއެންސީން ބުނެފައި ވަނީ އުންމީދަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރު އިތުރުވުން ކަމަށެވެ. އަދި ޕާޓީއަށް ގިނަ ބަޔަކު ގުޅޭނެކަމުގެ އުންމީދާއި، ޔަގީންކަން އެބައޮތްކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: