ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީ ދިހަހާސް މެމްބަރުން ހަމަވާ ޕާޓީއަކަށް!

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 18،000 މެމްބާޝިޕް ފޯމު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ބަޖެޓު ފާސް ކުރާއިރު، ކޮންމެ އަހަރަކު ވެސް ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫނުގައި ބުނާ އަދަދު ހަމަވެ ފައިސާ ލިބޭ ޕާޓީތައް އީސީން އިއުލާނު ކުރެ އެވެ. އަހަރު ފެށުނުއިރު ތިންހާހެއް ހާ މެމްބަރުން ތިބި ޕީއެންސީގެ މެމްބާޝިޕް ޑްރައިވްއެއްގެ މަސައްކަތް ފެށުނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އެކު އެވެ.

ޕީއެންސީއަށް މިހާރު ދިހަހާސް މެމްބަރުން ހަމަވެފައިވާއިރު، މިފަހުން ޕާޓީގެ ހަރަކާތްތަކުގެ މިސްރާބަކީ ވެސް އެއީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ޕީއެންސީން ގިނަ އަދަދެއްގެ ފޯމުތައް އަދިވެސް ލިބެމުންދާކަމަށާއި އެ ޕާޓީގެ ބޮޑު ހަރަކާތްތަކެއް ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ވެސް ކުރިޔަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިވަގުތު ޕީއެންސީއަކީ ހަތަރުވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އެވެ.

ކޮމިޝަނުން ހާމަކުރި ޕީއެންސީއަކީ އަލަށް ދިހަހާސް ހަމަވި ޕާޓީއެވެ. އެހެން ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލުތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަދަދު ވެސް މިހާރު ވަނީ ދިހަހާހުން ދަށްވެފަ އެވެ.

މިވަގުތު ވެސް މެމްބަރުން ހަމަވާ ޕާޓީތަކަކީ އެންމެ މެމްބަރުން ގިނަ ދެ ޕާޓީއެއްގެ ގޮތުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ސަރުކާރު ކޯލިޝަން ޕާޓީ ޕީޕީއެމެވެ. އަދި އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭގައި ވެސް ދިހަހާސް މެމްބަރުން ހަމަވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: